ޢާއިލީ ގުޅުން ހަރުދަނާކުރުމަކީ ދީނީ ވާޖިބެއް: ޚުޠުބާ

ހުކުރު ޙުތުބާ

ޢާއިލީ ގުޅުން ދެމެހެއްޓުމަކީ މިއަދު ޤައުމީ ފެންވަރުގައި އަޅާލަންޖެހިފައިވާ މުހިންމު މައްސަލައެއްކަމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރެވުނެވެ. މި ދީނީ އަދި އިޖުތިމާޢީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ޚުޠުބާގައި އިސްކަމެއް ދެވުނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛާ ޙައްވާ ލަޠީފް ތައްޔާރުކުރެއްވި މި ޚުޠުބާ ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވުނެވެ. ޚުޠުބާގައި ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނެވެ.

ޚުޠުބާގައި ފާހަގަކުރެވުނު ގޮތުގައި، އިންސާނިއްޔަތުގެ ތާރީޚުގައި ފުރަތަމަ އުފެދުނު ޖަމާޢަތަކީ ޢާއިލާއެވެ. އަދި ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީވެސް ޢާއިލާތަކެވެ. އެހެންކަމުން، ޢާއިލާއަކީ މުޖުތަމަޢުގެ ބިންގާކަމަށް ޚުޠުބާގައި ބަޔާންކުރެވުނެވެ. މި ބިންގާ ވަރުގަދަކުރެވިގެން މެނުވީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެކަމަށާއި، މިއަދު އިސްލާމީ އުއްމަތަށް ބޭނުންވެފައިވަނީ ބާރުވެރި އަދި ޣީރަތްތެރި މުޖުތަމަޢަކަށްކަން ޚުޠުބާގައި ފާހަގަކުރެވުނެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ޢާއިލާގެ ފަރާތުން ލިބެންޖެހޭ ރައްކާތެރިކަމާއި، އަޅާލުމާއި އަދި ލޯބިން މަޙްރޫމްވެފައިވާ އެތައް ކުޑަކުދިންނަކާއި ދޮށީ ޢުމުރުގެ މީހުން، މިހާރު ތިބީ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުތަކުގައެވެ. މިއީ ދީނީ އަދި އިޖްތިމާޢީ ގޮތުން ބަލާއިރު ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ސަބަބަކީ، ޢާއިލީ މާޙައުލެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެކެވެ.

އިތުރަށް ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި، ޢާއިލާގެ މެންބަރަކަށް ލިބެންޖެހޭ ޙައްޤަކުން އެއްވެސް މީހަކު މަޙްރޫމްކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ޚާއްޞަކޮށް، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އަދި ނަފްސާނީ ދަތިތައް ދިމާވެފައިވާ މީހުން، އެމީހުންގެ ޢާއިލާގެ އަޅާލުމެއް ނެތި މިފަދަ މަރުކަޒުތަކުގައި ދިރިއުޅެން ޖެހުމަކީ އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވެދާނެ ކަމެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy