ސަގާފީ ވާދައިގެ އެއްވަނަ އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު: ސަގާފީ ވާދަ މުބާރާތުގެ އެއްވަނަ ހޯދި އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕް

ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގައި ކުރިއަށްގެންދިޔަ ސަގާފީ ވާދަ މުބާރާތުގެ އެއްވަނަ އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕުން ހޯދައިފިއެވެ.

މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ސްޓޭޖު ސަރަހައްދުގައި ކުރިއަށްދިޔަ ޝޯގެ ތެރެއިން ވަނީ ސަގާފީ ވާދައިގެ އެކި މަގާމުތަކަށް ހޮވުނު ޓީމުތަކަށް އިނާމު ހަވާޅުކޮށްފައެވެ.

އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕު ވެގެން ގޮސްފައި ވަނީ މިފަހުން ރާއްޖޭގައި ފެނިގެންދިޔަ މިފަދަ އެންމެ މޮޅު ކޮރެއޮގްރަފީ ފެނިގެންދިޔަ ގްރޫޕަށެވެ. ކޮންމެ ދުވަހަކުވެސް އެ ގްރޫޕުން ހުށަހަޅާދީފައިވާ ހަރަކާތްތަކުގައި ކޮންމެވެސް ކަހަލަ ވާހަކައެއް ނެށުމުގެ ތެރެއިން ގެނެސްދެއެވެ. ކުޅަދާނަ ފެހުންތެރިޔާ އަދި ޑާންސަރު ޖާދުﷲ ގެ މި ޑާންސް ގްރޫޕުގެ ނެށުންތައް ގެނެސްދީފައި ވަނީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ.

މިރޭ ލިބިގެންދިޔަ ވަނައާއެކު ސްޓޭޖުގައި ހުރެ ޖާދު ބުނީ މިއީ އަދި ފެށުމެއް ކަމަށާއި މިފަދަ ކިތަންމެ މުބާރާތެއް ރާއްޖޭގައި ބާއްވާތަން ދެކެން ބޭނުން ކަމަށެވެ. އޭނާ ބުނީ ދިވެހިންގެ ހުނަރު މިކަމުންވެސް ވަރަށް ބޮޑަށް ފެނިގެންގޮސްފި ކަމަށާއި އަދި މިއީ ވަރަށް ވާދަވެެރި މުބާރާތެއް ކަމަށެވެ. އެގޮތުން މި މުބާރާތުގައި އެކްސްޓްރީމް ލެވެލްއަށް ސަޕޯޓް ކޮށްދިން ހުރިހާ ފަރާތްތަކަށާއި ވަކިން ހާއްސަކޮށް އެ ގްރޫޕުގައި ފަހުރުވެރި އެއްވަނަ ހޯދުމަށް މަސައްކަތް ކޮށްދިން ހުރިހާ ބައިވެރިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ސަގާފީ ވާދަ 2026 ގެ ޗެމްޕިއަން ޓީމަކަށް އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕު ހޮވުނުއިރު އެޓީމަށް ވަނީ 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. އަދި ދެވަނަ އަށް ދިޔަ އެމްއެންޔޫ ޑާންސް ގްރޫޕަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުން އިރު، ތިންވަނައަށް ދިޔަ ހިޔަލަ ޑާންސް ގްރޫޕަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ނެށުންތެރިއަކަށް ހޮވުނީ އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕުގެ ރިކްޒާ އެވެ. އަދި އެންމެ އުފެއްދުންތެރި ހުށަހެޅުމަކަށްވެސް ހޮވުނީ އެކްސްޓްރީމް ލެވެލްއެވެ. މީގެ އިތުރުން ފޭނުންގެ އެންމެ މަގުބޫލު ގްރޫޕަކަށްވެސް ހޮވުނީ ހަމަ އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy