ބޮޑުބެރު ޗެލެންޖްގެ ޓައިޓަލް މިފަހަރުވެސް 1438 ބޮޑުބެރު ގްރޫޕަށް

ބޮޑުބެރު ޗެލެންޖް 2026 ކާމިޔާބުކުރި 1438 ބޮޑުބެރު ގްރޫޕް / ފޮޓޯ: ދެލި

ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގައި ކުރިއަށްގެންދިޔަ “ބޮޑުބެރު ޗެލެންޖް 2026”ގެ ފަހުރުވެރި އެއްވަނަ ޖެހިޖެހިގެން ދެވަނަ ފަހަރަށް 1438 ބޮޑުބެރު ގްރޫޕުން ހޯދައިފިއެވެ.

ޖުމްލަ 10 ބޮޑުބެރު ގްރޫޕް ވާދަކުރި މި މުބާރާތުގައި ޖަޖުންގެ މާކުހާއި ބެލުންތެރިންގެ މާކުސް ހިމަނަައިގެން ގްރޫޕުތަކަށް މާކްސް ދީފައިވާއިރު، 1438 ބޮޑުބެރު ގްރޫޕު ވެގެން ގޮސްފައި މިވަނީ މިި ދެ އަހަރުވެސް ޖަޖުންގެ އެންމެ ގިނަ މާކްސް ލިބުނު ގްރޫޕަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ކުރިއަށްދިޔަ މި ހަރަކާތުގައި ބޮޑުބެރު ޗެލެންޖުގެ އިނާމު ދިނުމުގެ ކުރިން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ބޮޑުބެރު ޗެލެންޖު ކާމިޔާބުކުރި ގްރޫޕު ކަމަށްވާ ހަރުބީ ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ލަވަތަކެއް ހުށަހަޅާދީފައެވެ.

މި އަހަރުގެ މުބާރާތުގެ އެއްވަނަ 1438 ބޮޑުބެރު ގްރޫޕު ހޯދުމާއެކު އެޓީމަށް ވަނީ ޗެމްޕިއަން ޓްރޮފީއާއެކު 75،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ލިބިފައެވެ. މުބާރާތުގެ ދެވަނަ އަށް ހޮވުނީ ޗާލޭ ބޮޑުބެރު ގްރޫޕެވެ. އެ ގްރޫޕަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މި އަހަރުގެ މުބާރާތުގައި ތިންވަނައަށް ދެ ގްރޫޕެއް ހޮވިފައިވާއިރު، އެއީ މިދިޔަ އަހަރުވެސް ތިންވަނަ މަގާމު ހޯދި ލާމު ގަމަށް ނިސްބަތްވާ ރިދަމް ބޮޑުބެރު ގްރޫޕާއި، މިދިޔަ އަހަރުގެ ދެވަނަ ކަމަށްވާ ހޭވައްލާ ބޮޑުބެރު ގްރޫޕެވެ. މި ދެ ގްރޫޕުން ކޮންމެ ގްރޫޕަކަށްވެސް ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތުގައި ދެން ހޮވި މަގާމުތަކާއި ލިބުނު ފަރާތްތައް..

  • އެންމެ މޮޅު ބެރުވެރިޔާ އަދި އެންމެ އުފެއްދުންތެރި ލަވަ ހެދި ފަރާތް - ރިދަމް ބޮޑުބެރު ގްރޫޕުގެ އަބްދުﷲ ހަމްޒާ

  • އެންމެ މޮޅު ވޯކަލިސްޓް - 1438 ބޮޑުބެރު ގްރޫޕުގެ ޝަލަބީ އިބްރާހިމް / ޗާލޭ ބޮޑުބެރު ގްރޫޕުގެ އަހުމަދު އިބްރާހިމް (އައްމަޑޭ)

  • އެންމެ މޮޅު ނެށުންތެރިޔާ - ޗާލޭ ބޮޑުބެރު ގްރޫޕުގެ އިބްޝަރު އަހުމަދު

  • އެންމެ މޮޅު ޒުވާބު - ހޭވައްލާ ބޮޑުބެރު ގްރޫޕް (ރަންނަމާރި ލަވަ)

  • ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ބޮޑުބެރު ގްރޫޕް - ހޭވައްލާ ބޮޑުބެރު ގްރޫޕް (މިދިޔަ އަހަރުވެސް ހޭވައްލާ ވަނީ މި މަގާމު ހޯދާފަ)

  • އެންމެ އުފެއްދުންތެރި ލަވަ - 1438 ބޮޑުބެރު ގްރޫޕް

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy