ހައްލު ކުރާނީ މީހެއްގެ ފައި ބިނދުނީމަ ހެއްޔެވެ؟

މަޖީދީ މަގުގެ ޕޭވްމެންޓުގައި ހެދިފައި އޮތް ނުރައްކާތެރި އަޑިގަނޑަކަށް މީހަކަށް އެރުމުގެ ތެރެއިން --

މާލޭގެ މައި ބައެއް މަގުތައް ހިމެނޭހެން، ދެން ހުރިހާ މަގުމަގާއި ގޯޅިގޯޅީގެ ޕޭވްމެންޓުތަކުގެ ހާލަތު އިންތިހާއަށް ދަށްވެ، ހިނގާބިނގާވެ އުޅުމަށް ނުރައްކާތެރި ހިސާބަކަށް ކަންކަން ވަނީ ގޮސްފަ އެވެ. ޕޭވްމެންޓުގައި ހުރި ގައުތައް ނެއްޓި، އެތަންތަން ވަނީ ވީރާނާވާން ދޫކޮށްލެވިފަ އެވެ.

ގައު ނުވަތަ ސިމެންތިގަނޑު ހަލާކުވުމުގެ ސަބަބުން ޕޭވްމެންޓުގެ އެކި ހިސާބުތަކުގައި ތިން އިންޗިއަށް ވުރެ ފުން ވަޅުގަނޑުތައް ހެދިފައިވާއިރު، ތަންކޮޅެއް އުފުލިފައި ހުންނަ ތަންތަނާއި އަޑިއަށް ގޮސްފައިވާ ގައުތައް ގިނަ އެވެ. މީގެ އިތުރުން، މަޖީދީ މަގުގެ ޕޭވްމެންޓުގައި ޖަހާފައިވާ އެއް އަކަފޫޓުގެ ގައުތަކުގެ ދަށުން ވެލިގަނޑު ދަމައިގަނެ، ކަނޑައިގެން ގޮސްފައިވެ އެވެ. މިފަދަ އަޑިގަނޑުތަކުގައި ވާރޭވެހި ފެންބޮޑުވުމުން، ހިނގާބިނގާވާ މީހުންނަށް އެ ތަންތަން ނުފެނި ކުއްލިއަކަށް އަރިއަޅާލައި ކޮންމެ ފަހަރު ޖިސްމާނީ ގޮތުން އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

ރަނގަޅު ފެންވަރުގައި ދުވާރުތައް ނުހެދުމާއި، ހަލާކުވާ ތަންތަން މަރާމާތުކޮށް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން ސީދާ ގެއްލުމާއި ތުރާ ކުރިމަތިވަނީ އާންމު ރައްޔިތުންނަށެވެ. ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު މާލޭގައި މި ހިތްދަތި އަދި ނުރައްކާތެރި ހާލަތު ތަޖުރިބާ ކުރަމުންދާއިރު، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ވެއްޓި އަނިޔާތައް ލިބިފައިވެ އެވެ.

"މާލޭ ސިޓީ ކައުންސިލަށް ގާނޫނަކުން ވަރަށް ގިނަ ޒިންމާތަކެއް ވަނީ ހަވާލުކޮށްފައި. މަގުތައް ހެދުމާ މަގުތައް މަރާމާތުކޮށް ބެލެހެއްޓުން އެއީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް. ނަމަވެސް މިހާރަކަށް އައިސް ސިޓީ ކައުންސިލަށް އެމީހުންގެ ފުރިހަމަ ޒިންމާ އަދާކުރެވޭ ތަނެއް ނުފެނޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

މާލޭގެ މުނިސިޕަލް ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ސިޓީ ކައުންސިލުގެ އިހުމާލާއި ފަރުވާ ކުޑަކަމުގެ ސަބަބުން ޕޭވްމެންޓުތައް ހަލާކުވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކެއް ނުރައްކަލަށް ހުށަހެޅެމުން ދާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. މާލެ ސިޓީއަށް ވާނެ އެއްޗެއް ވާން ދޫކޮށްލާފައި މޭޔަރު އުޅުއްވަނީ ސިޔާސީ ކެމްޕެއިންގައި ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

"ދުވާރުގެ އެކި ހިސާބުން ގާތައް ނެއްޓި ސުންނާފަތިވެ، މާލޭ ރައްޔިތުންނަށް ހިންގަން އުނދަގޫ ވުމުން ރައްޔިތުންގެ ‏ރުޅިވެރިކަން އަމާޒު ވަނީ ސަރުކާރަށް. ހަގީގަތަކީ މިއީ ސަރުކާރުގެ މައްސަލެއް ނޫން. ސިޓީ ކައުންސިލްގެ ‏‏ޒިންމާއެއް. ކޮބައިތަ ސިޓީ ކައުންސިލް؟،" ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.‏

އިތުރު މީހަކު ބުނީ؛ ‏"މުޅި މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް މިވަނީ ބޮއްސުންލާފައި. ރަނގަޅު އެއްވެސް ކަމެއް ނެތް،"‏ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ސިޓީ ކައުންސިލުގެ ބަހެއް ހޯދުމަށް އެކި ދުވަސްމަތިން ގުޅައިގެން ވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ، ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކުޑަ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫނެވެ. މާލޭގެ މަގުތައް ހެދުމާ މަގުތައް މަރާމާތުކޮށް ބެލެހެއްޓުން އެއީ ލާމަރުކަޒީ ގާނޫގެ ދަށުން ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ.

މާލޭގެ މަގުތަކުގެ ޕޭވްމެންޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވުމުގެ ސަބަބުން މީހުންނަށް ލިބެމުންދާ ގެއްލުންތަކަށް ޒިންމާވާނީ ކާކު ހެއްޔެވެ؟

މިފަދަ ނުރައްކާތަކަށް ދާއިމީ ނުވަތަ އެކަށީގެންވާ ހައްލެއް ގެންނާނީ ކޮން އިރަކު ހެއްޔެވެ؟ ހައްލު ކުރާނީ މީހެއްގެ ފައި ބިނދުނީމަ ހެއްޔެވެ؟

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy