އެންމެ ފަހުގެ ޗެމްޕިއަން 1438 ބޮޑުބެރު ގްރޫޕް ހިމެނޭހެން މި އަހަރުގެ ބޮޑުބެރު ޗެލެންޖުގެ ފައިނަލަށް 5 ޓީމެއް ދަތުރުކޮށްފިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 10 ބޮޑުބެރު ޓީމު ވާދަކުރިއިރު، އޭގެ ތެރޭން ކޮންމެ ޓީމެއްވެސް ވަނީ ރެޔާއި ހަމައަށް ތިން ލަވަ ހުށަހަޅައިދީފައެވެ. އެއާއެކު ޖަޖުންގެ މާކްސް އާއި ސަޕޯޓަރުންގެ މާކްސް އަށް ބަލައި ދިހަ ޓީމުގެ ތެރެއިން ފަސް ޓީމެއް ވަނީ މުބާރާތުން ކަޓައިފައެވެ. އަދި ފަސް ޓީމެއް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މުބާރާތުގައި ޓީމުތަކަށް ލިބޭ ޕޮއިންޓުތައް ކޮންމެ ރެއެއްގެވެސް ހުށަހެޅުންތައް ނިމުމުން އެންމެންނަށް އެނގޭ ގޮތަށް އެނައުންސް ކުރަމުންދެއެވެ.
މި މުބާރާތުގައި ރެއަކީ މި ފަހުން ބޮޑުބެރު ޗެލެންޖުގައި އައި ފޯރިގަދަ އަދި އެހާމެ ނޭވާ ހިފަހައްޓާލަން ޖެހުނު ރެއެކެވެ. އެގޮތުން ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވުމާއި، މުބާރާތުން ކަޓާނެ ޓީމުތައް އިއުލާނުކުރާ ވަގުތު ކައިރިވީއިރު، ހުށަހެޅުންތެރިންނާއި ސަޕޯޓަރުން ތިބީ ޖޯޝާއި ފޯރިއާއެކު އެކަމަށް ކެތްމަދުވެފައެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ..
-
1438 ބޮޑުބެރު ގްރޫޕް (މިދިޔަ އަހަރުގެ ޗެމްޕިއަން)
-
ހޭވައްލާ ބޮޑުބެރު ގްރޫޕް (މިދިޔަ އަހަރުގެ ދެވަނަ)
-
ރިދަމް ބޮޑުބެރު ގްރޫޕް (މިދިޔަ އަހަރުގެ ތިންވަނަ)
-
މަންނަ ބޮޑުބެރު ގްރޫޕް
-
ޗާލޭ ބޮޑުބެރު ގްރޫޕް
-
އެންދެރި ބޮޑުބެރު ގްރޫޕް
-
އެކަތި ބޮޑުބެރު ގްރޫޕް
-
ހޭވާލި ބޮޑުބެރު ގްރޫޕް
-
އެމްއެންޔޫ ބޮޑުބެރު ގްރޫޕް
-
މަންނަޔަންސް ބޮޑުބެރު ގްރޫޕް
އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ އޮންނަ ފައިނަލަށް ދަތުރުކޮށްފައިވާ 5 ޓީމަކީ 1438 ބޮޑުބެރު ގްރޫޕް، ހޭވައްލާ ބޮޑުބެރު ގްރޫޕް، ރިދަމް ބޮޑުބެރު ގްރޫޕް، މަންނަ ބޮޑުބެރު ގްރޫޕް އަދި ޗާލޭ ބޮޑުބެރު ގްރޫޕެވެ.
ކޮމެންޓް