ތުރުކީ ސަރުކާރާއެކު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް މަޝްވަރާކޮށްފި

މަތީ ތައުލީމާ ބެހޭ ވަޒީރު ތުރުކީގެ އޮސްޓިމް ޔުނިވާސިޓީ އާއި އެކު މަޝްވަރާ ކުރެއްވުން

ދިވެހި ދަރިވަރުންނަށް ތުރުކީވިލާތުން މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އެ ޤައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއާއެކު މަޝްވަރާތަކެއް ކުރައްވައިފިއެވެ. ޑރ. މާރިޔާގެ މި ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ޔުނިވަރސިޓީތަކާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއަށް އިތުރު ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދަވަމުންނެވެ.

މަތީ ތަޢުލީމާބެހޭ ވަޒީރުގެ މި ދަތުރުފުޅުގައި އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. މުރާދު ޔޫލެކްއާ ބައްދަލުކުރައްވައި، މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއަކީ ފަންނީ އެކި ދާއިރާތަކުން ތަޢުލީމީ ޕްރޮގްރާމްތައް ހިންގާ ޔުނިވަރސިޓީއެކެވެ.

އެ ޔުނިވަރސިޓީއަށް ވަޒީރު ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވައި، ޔުނިވަރސިޓީގެ ލެބޯޓަރީތަކުގައި ކުރެވެމުންދާ ދިރާސާތަކާއި މަސައްކަތްތައްވެސް ވަނީ ބައްލަވާލައްވާފައެވެ.

މީގެއިތުރުން، ވަޒީރުގެ މި ދަތުރުފުޅުގައި ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރާ ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް އެ ޤައުމުން ލިބެންހުރި ސްކޮލަރޝިޕްގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy