އިންޝިއުރެންސްގެ ޤާނޫނުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބޭނެ - ޙުސްނީ

މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް

އިންޝިއުރެންސް ޤާނޫނުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ޙުސްނީ މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ތެދެންމެ އިންޝިއުރެެންސްގެ ވިޔަފާރި ރާއްޖޭގައި ހިންގަމުން އެބަދޭ. އެހެންނަމަވެސް އެފަދަ ވިޔަފާރިއެއް ހިންގަމުންދާއިރު ޤާނޫނަކުން ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަމެއް ނުލިބޭ. ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ބޭންކިންގ ޤާނޫނެއް މުޙިއްމުވެގެންދޭ. ހަމައެފަދައިން އިންޝިއުރެންސް ޤާނޫނެއްވެސް މުޙިއްމުވެގެންދޭ. - ޙުސްނީ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބިލްގައި ޕޮލިސީ ހޯލްޑަރުންގެ ހައްޤުތައް ރައްކާތެެރިކުރެވޭނެ ހަމަތައް ބަޔާންކޮށްފައިވާ ކަމަށާއި، އިންޝިއުރެންސްގެ ޤާނޫނެއް ވުޖޫދަށް ގެނެވޭ ޙާލަތުގައި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާކަމަށް ޙުސްނީ ފާހަގަ ކުރެއްވިއެވެ.

“ރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަންވެފައި ހުރި ގޮތަކީ އިންވެސްޓަރުން ބަލަމުންދާ ކަންތައްތަކެއް - ޙުސްނީ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި 5 ވަރަކަށް އިންޝުއަރެންސް ކުންފުނިތައް އެބައޮތެވެ. ނަމަވެސް މި ކުންފުނިތައް އޮތީ 80 ޕަސެންޓުގެ ބޭރުގެ ކުންފުނިތަކާއި ގުޅިފައި ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނެއް ވުޖޫދުވެއްޖެ ނަމަ ދިވެހިންނަށް ހިމާޔަތް ލިބިގެންދާނެ ކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި އަދިވެސް ގެދޮރާއި މުދަލާއި މިތަކެތި އިންޝުއަރެންސް ކުރެވެން ނެތްކަމަށާއި، ބޮޑެތި ހާދިސާތައް ކުރިމަތިވެ ލިބޭ ގެއްލުންތައް ކަވާކުރުމަށް ގެދޮރާއި މުދާ އިންޝުއަރެންސް ކުރުމަށްޓަކައި މައުލޫމާތު ދީ ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ ކަމަށްވެސް މި ބިލަށް ވާހަކަފުޅު ދެއްކެވި މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy