ރަޝިޔާއަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް، އެކަކު މަރުވެ، ހަކަތައިގެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް

ޔޫކްރޭނުން ރަޝިޔާއަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދިނުން: ފޮޓޯ/ ފައިނޭންޝަން ޓައިމްސް

ޔޫކްރޭނުން ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ ސެންޓް ޕީޓާސްބާގަށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި މަދުވެގެން އެކަކު މަރުވެ، އިތުރު ފަސް މީހަކު ޒަހަމުވެއްޖެ އެވެ.

އެ ސިޓީގެ ގަވަރުނަރު އެލެކްސަންޑްރާ ބެގްލޯވް މިއަދު ވިދާޅުވީ މި ހަމަލާތަކުގައި ސެންޓް ޕީޓާސްބާގް އޮއިލް ޓާމިނަލާއި، ރުޗީ އޮއިލް ޑިޕޯ، އަދި ސިޓީގެ ދެކުނުން އޮންނަ ކޮލްޕިނޯ ޑިސްޓްރިކްޓްގެ ސިނާއީ ގުދަންތަކެއްގައި ވަރަށް ބޮޑަށް އަލިފާންރޯވެފައިވާ ކަމަށެވެ. އަލިފާންނިއްވާ ފަރާތްތަކުން މިހާރު ދަނީ އަލިފާން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

‏ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ‏ ވިދާޅުވީ މީގެ އިތުރުން، ރޭގަނޑުގެ ވަގުތެއްގައި ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ، ދެފަރާތުގެ މެދުގައި ހެދިފައިވާ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާނުދިނުމުގެ އެއްބަސްވުމާ މޮސްކޯއިން އަދިވެސް ހިލާފުވަމުންދާ ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ޔޫކްރެއިންގެ ގިނަ ޑްރޯންތަކެއް ދިފާއީ ނިޒާމުން ވައްޓާލެވުނު ނަމަވެސް، މިސައިލްތަކުގެ ވެއްޓު ބައިތަކުން ޖެހި، ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy