ދެވި ފިލްމްގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

ދެވި ފިލްމުގެ ވަދާއީ ޝޯގެ ޕޯސްޓަރެއް

އޮލިމްޕަސް ސިނަމާގައި މިހާރު ދައްކަމުންދާ ކާމިޔާބު ދިވެހި ފިލްމު "ދެވި"ގެ އެންމެފަހު ޝޯތައް ނުވަތަ ވަދާއީ ޝޯތަކުގެ ޓިކެޓް ރަސްމީކޮށް ވިއްކަން ފަށައިފިއެވެ.

އޮކްޓޯބަރު 20 އިން 25 ގެ ނިޔަލަށް ކުރިއަށްދާ ވަދާއީ ޝޯތަކުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން މިހާރު ދަނީ ވިކެމުންނެވެ. މިއީ ސިނަމާއިން މި ފިލްމު ބަލާލަން ލިބޭނެ އެންމެ ފަހު ފުރުސަތަށްވާތީ، ގިނަ އަދަދެއްގެ ބެލުންތެރިން ދަނީ ޓިކެޓް ނެގުމަށް އަވަސްވެގަންނަމުންނެވެ.

އޮލިމްޕަހުގައި ފިލްމު އަޅުވާފައިވާ ދުވަސްތަކުގައި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ވަދާއީ ޝޯތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ދެވިގެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.

މި ފިލްމުގެ ޝޯތައް ބެލުމަށްފަހު ނުކުތް ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، މައި ރޯލުން ފެނިގެންދާ މަރިޔަމް އައްޒަ ކުޅެފައިވާ "މާޝީ" އަދި "މާހީ" ގެ ކެރެކްޓަރަށެވެ. އެއް ފަންނާނަކު ދެ ކެރެކްޓަރެއްގެ ތަފާތު އިހުސާސްތައް ވަރަށް މޮޅަށް ސްކްރީނަށް ގެނެސްދީފައިވާކަން ބެލުންތެރިން ފާހަގަކުރިއެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ބިރުވެރި މާހައުލު ފުރިހަމަކޮށްދިނުމުގައި ގެންގުޅެފައިވާ ޓެކްނިކަލް މަސައްކަތްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ސައުންޑް އިފެކްޓްސް، ލައިޓިން އަދި ޕްރޮސްތެޓިކް މޭކަޕާއި ވިޝުއަލް އިފެކްޓްސްގެ މޮޅުކަން ފާހަގަކޮށް، މިއީ ދިވެހި ސިނަމާގެ ފެންވަރު މުޅިން އާ ހަރުފަތަކަށް އުފުލައިދިން މަސައްކަތެއް ކަމަށް ބެލުންތެރިން ބުނެފައިވެއެވެ.

ޑައިރެކްޓަރު ހުސައިން ހާޒިމް (ސޭންޑީ) ގެ އިރުޝާދުގެ ދަށުން އުފެއްދި މި ފިލްމުގެ މިހާތަނަށް ދެއްކި ހުރިހާ ޝޯއެއް ފުރިގެން ގޮސްފައިވާއިރު، މިއީ ފަހަކަށް އައިސް ދިވެހި ސިނަމާއިން ފެނުނު އެންމެ ތަފާތު އަދި ކާމިޔާބު އެއް އުފެއްދުން ކަމަށް ބެލުންތެރިން އިއްތިފާގުވެއެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy