ނަހޫގެ މަޖުނޫނު: ފުއްޓަތްކެއް ޖަހާލާހާ ފަސޭހައިން މީހުން އަޅައިގަތް ނަމެއް

ދިވެހި ފިލްމު މަޖުނޫނުގެ ޕޯސްޓަރެއް / ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

މަޖުނޫނު، މަޖުނޫނު، މަޖުނޫނު.. ކިޔާލަން މި ނަން އުނދަގޫތަ؟ ނޫނީ މީހެއް ކައިރި ބުނަން ހަނދާކުރަން އުނދަގޫތަ؟

“އަޅުގަނޑު އަބަދުވެސް ވިސްނަން ފިލްމުގެ ނަމާ ދޭތެރޭ ފިލްމެއް ހެދުމުގެ ކުރިން. އެ ނަމަކީ މީހުންނަށް އެއްފަހަރުން އަޅައިގަންނަ ނަމަކަށް ވާންޖެހޭ. މީހުންނަށް ކަމުދާ އެއްޗަކަށް ވާންޖެހޭ. އެނަމުގެ ސަބަބުން ފިލްމާ ދޭތެރޭ މީހުން ސުވާލު އުފެދޭކަހަލަ ނަމަކަށް ވާންޖެހޭ.” މަޖުނޫނު ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުންޏެވެ.

ހަމަ ޔަގީނުންވެސް ފުއްޓަތްކެއް ޖަހާލާހާ ފަސޭހައިން މި ނަން ބުނެލަން މިހާރު ވަރަށް ފަސޭހަ ވާނެ އެވެ. މަޖުނޫނުގެ ނަން އިވުމުން މިހާރު އެންމެ ގިނަ ބަޔަކަށް އެނަމުން އެނގިގެންދާނީ ވަރަށް އަސަރުގަދަ އަދި ޖަޒުބާތީ އެތަކެއް ކަމެއް ދައްކުވައިދޭ މޮޅު ފިލްމަކަށް ކިޔާ ނަމެއްގެ ގޮތުގައެވެ.

މަޝްޙޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ މަޖުނޫނަކީ މިހާރު އެންމެ ގިނަ މީހުން ބަލަން ބޭނުންވެ، އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި ފިލްމު އޮލިމްޕަހުގެ ސްކްރީނުގައި އަޅުވާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ކްރިސްޓަލް އެންޓަޓެއިންމެންޓުން އަންނަނީ ބެލުންތެރިން ގަޔާވާނެ އެތަކެއް ކަމެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވަނީ ފިލްމުގެ ޓްރެއިލާއާއި ލަވަތައް ރިލީޒްކުރުމަށް އަށްޑިހައިގެ އަހަރުތަކުގެ ވައިބާއެކު އޮލިމްޕަހުގައި ބޭއްވި އިވެންޓެއްގައި މި ފިލްމުގެ ހިތްގައިމު ލަވަތައް އިއްވާލާފައިވެއެވެ.

އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މަޖުނޫނުގެ މި ޓްރެއިލާއިން ދައްކުވައިދެނީ، މި ފިލްމަކީ ދިވެހި ސިނަމާއަށް އަނެއްކާވެސް ބޮޑު ލޮޅުމެއް ގެނުވާނެ ފިލްމެއްގެ ގޮތުގައެވެ. އަދި ހަމައެހެންމެ ލޯތްބާއި އިޝްގުން ފުރިފައިވާ ހިތާމަ އާއި ހިތްދަތި އެތަކެއް ކަމެއް ފެނިގެންދާނެ މޮޅު ފިލްމެއްގެ ގޮތުގައެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ މި ފިލްމު މި މަހުގެ 26 ވަނަ ދުވަހު ޕްރެމިއަ ކުރުމަށް ނިންމާފައިވާއިރު މިރޭ އަނެއްކާވެސް މިވަނީ އެ ކުންފުނިން ބެލުންތެރިންނަށް އިތުރު ފުރުސަތެއް ހުޅުވާލާފައެވެ. ބިހައިންޑް ދަ ސީން ނުވަތަ “ދަ މޭކިން”ގެ ނަމުގައި ޔޫޓިއުބަށް ދޫކޮށްލި 29 މިނެޓުގެ ވީޑިއޯ ކޮޅާއެކު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު މި ފިލްމު ބެލުމަށް ޝައުގުވެރި ކުރުވައިިފިއެވެ.

ފިލްމުގެ ނަމާއި، ނަން ކިޔަންޖެހުނު ސަބަބާއި، ފިލްމު ހެދުމުގައި ހޭދަވި މުއްދަތުގައި ހިނގާދިޔަ އެތަކެއް ކަމަކާއި، އަދި ޝޫޓިން ތެރޭގައި ކުރަމުންދިޔަ އެތަކެއް މަސައްކަތްތަކުގެ މަންޒަރުތައް ދައްކުވައިދޭ މި ވީޑިއޯއިން ފިލްމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ގެނެސްދީފައިވެއެވެ.

މިރޭ ދޫކޮށްލި މި ވީޑިއޯގައި މަޖުނޫނަކީ ކޮބައިކަން މި ފިލްމުގެ ޑައިރެކްޓަރާއި ކާސްޓުން ބުނެދީފައިވާއިރު، މިއީ ލޯބީގައި ދީވާނާވެފައިވާ މީހަކަށް ކިޔާ ނަމެއްކަން އެނގިގެންދެއެވެ. އެހެން ކަމުން ދިވެހިންގެ ތެރޭގައި ލޯބީގެ ފިލްމުތަކަށް އޮންނަ ލޯބި ހަމަ ޔަގީނުންވެސް މި ފިލްމުން އެކަނިވެސް ލިބިދޭނެކަން ކަށަވަރެވެ.

ލޯބީގެ އެތަކެއް އަސަރުގަދަ ފިލްމުތަކެއް ދިވެހިންގެ ލޯމައްޗަށް ގެނެސްދީފައިވާ ނަހޫގެ މި ފިލްމުން ކުރިން ފިލްމުތަކުން ފެނިފައިނުވާ ވަރުގެ އަސަރުގަދަ ލޯބީގެ މަންޒަރުތައް ފެންނާނެކަމީ ޔަގީންވާ ކަމެކެވެ. އެގޮތުން ކާސްޓުންގެ ތެރެއިން ލީޑް ރޯލުން ފެނިގެންދާ މަރިޔަމް ޝިފާގެ އެކްޓިން އަށް އެކަނި ބެލިޔަސް މިއީ މި ފަހުން ފެނިގެންދާނެ އެންމެ މޮޅު އެކްޓަރުކަން ގިނަ ބަޔަކު އެއްބަސްވާނެ އެވެ. އެވަރުގެ މޮޅު ތައުރީފު ހައްގު އެކްޓެއް އޭނާގެ ފަރާތުން މި ފިލްމުގެ މޭކިން އަށް ބަލައިލިޔަސް ފެނެއެވެ. ހަމަ އެއާއެކު ދެން ތިބި ކާސްޓުންގެ އާދަޔާ ހިލާފު ރޯލުތަކުން އެ ފަންނާނުންގެ ކެރުމާއި މި ފަންނުގެ ކުޅަދާނަކަން ވަނީ ސާބިތުކޮށްދީފައެވެ.

މަޖުނޫން ދި މޭކިން ނުވަތަ ބިހައިންޑް ދަ ސީންސްގެ ފުރަތަމަ އެޕިސޯޑް ޔޫޓިއުބާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުން ވެސް ބަލައިލެވޭނެއެވެ.

މިހާރު ފިލްމުގެ ޓިކެޓް ވިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އޮލިމްޕަހުންނާއި 7844422 ނަންބަރާ ގުޅައިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy