ހަމާސްގެ އާ ލީޑަރަކަށް ޔަހްޔާ ސިންވާރު ހަމަޖެއްސުން- އިސްރާއީލަށް ސިހުމެއް

2017 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ހަމާސްގެ ލީޑަރުގެ މަގާމު ޔާހްޔާ ސިންވާރު ގެންދަވަނީ އަދާކުރައްވަމުން.

މިދިޔަ ހަފުތާގައި ތެހެރާނުގައި އަވަހާރަކޮށްލި ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާގެ ބަދަލުގައި އެ ޖަމާއަތުގެ އާ އޯވަރޯލް ޗީފްގެ މަގާމަށް ޔަހްޔާ ސިންވާރު ހަމަޖައްސައިފަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ދޯހާގައި ދެ ދުވަސް ވަންދެން ދިގު މަޝްވަރާތަކެއް ކުރުމަށް ފަހުއެވެ.

2017 ވަނަ އަހަރުން ފެށިގެން ސިންވާރު ހުންނެވީ ޣައްޒާގައި، އެ ޖަމާއަތުގެ ލީޑަރެއްގެ ގޮތުގައެވެ. އަދި މިހާރު ސިންވާރު ވަނީ އެ ޕާޓީގެ ސިޔާސީ ގޮފީގެ ލީޑަރަކަށް ވެ ވަޑައިގެންފައެވެ.

ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވީ ހަމާސްގެ ލީޑާޝިޕުން، އިސްކޮށް ހަރަކާތްތެރިވުމަށް ސިންވާރު އިޚްތިޔާރުކުރީ އެ ޖަމާޢަތުގެ އިސްވެރިންގެ އިއްތިފާގުން ކަމަށެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ، ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް ބަދަލު ހިފުމުގެ އިންޒާރު، އީރާނާއި އެގައުމުގެ ބައިވެރިން އިސްރާއީލަށް ދީފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މިކަމާގުޅިގެން އިސްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ދޯހާގައި ދެ ދުވަހަށް ދެމިގެންދިޔަ ހަމާސް ޖަމާއަތުގެ އިސް ބޭފުޅުން ބައިވެރިވި ބައްދަލުވުންތަކުގައި، ޖަމާއަތުގެ އާ ވެރިޔަކު އައްޔަންކުރުމުގެ ފުރުސަތު ތައް ވަނީ ހުޅުވާލާފައެވެ. މި ބައްދަލުވުންތަކުގައި އެތައް ހާލަތެއްގެ  މައްޗަށް މަޝްވަރާ ކުރެވުނު ނަމަވެސް އެންމެ ފަހުން ހަމާސްގެ ލީޑަރުކަމަށް ހުށަހެޅިގެން ދިޔައީ އެންމެ ދެ ނަމެކެވެ. އެއީ، ޔަހްޔާ ސިންވާރާއި ހަމާސްގެ ޕޮލިޓްބިއުރޯ އިންތިޚާބުކުރާ އެ ޖަމާޢަތުގެ ޖެނެރަލް ޝޫރާ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާ މުހައްމަދު ހަސަން ދަރުވިޝް އެވެ.

އިސްމާއީލް ހަނިއްޔާ އަވަހާރަވުމުގެ ކުރިން، އޭނާ އަކީ ހަމާސް ޖަމާޢަތުގެ ސަރަހައްދީ ޑިޕްލޮމެޓެއްގެ އިތުރުން، އެޖަމާއަތުގެ އެހެން މީހުންނާ އަޅާ ބަލާއިރު އޭނާ އަކީ ޕްރެގްމެޓިކް ޝަހުސިއްޔަތެކެވެ. އަނެއްކޮޅުން ޔަހްޔާ ސިންވާރަކީ ހަމާސް ޖަމާއަތުގެ އެންމެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ.

އިސްރާއީލުން އެންމެ ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އޮތީ ސިންވާރެވެ. އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު 1200 އަށް ވުރެ ގިނަ މީހުން މަރުވެ، 251 މީހުން ރަހީނުކުރި ހަމަލާ ރާވައި ތަންފީޒު ކުރުމުގައި އިސްކޮށް އުޅުއްވީ ސިންވާރެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މިދިޔަ ޖޫން މަހު ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު ދިން ހަމަލާތަކަށް ފަހު ސިންވާރު އާންމުންގެ ތެރެއިން ފެނިފައި ނުވާ ކަމަށާއި އޭނާ އަކީ ޣައްޒާގައި "10 ބުރީގެ އަޑީގައި" ފޮރުވިފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއީލު ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ އޫފަރު ވިންތަރު އެގައުމުގެ ސިފައިންގެ ރޭޑިއޯގައި ވާހަކަ ދައްކަމުން ބުނީ ހަމާސް ޖަމާއަތުގެ އޯވަރޯލް ލީޑަރަކަށް ޔަހްޔާ އައްސިންވާރު ހަމާސުން ހަމަޖެއްސުމަކީ، ހަމާސުން އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރި ޖެއްސުމެއް ކަމަށާއި ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އެމެރިކާއާއި އިސްރާއީލު އެދޭގޮތަށް ހަމާސުން ދީލާނުލާނެކަމުގެ މެސެޖް ދިނުމަކީ ސިންވާރު އައްޔަންކުރުމުގެ އެއް ބޭނުން ކަމަށެވެ. މިއީ އިސްރާއީލަށް ގޮންޖެހުމެއް ކަމަށް އޭނާ ސިފަކުރިއެވެ.

އިސްރާއީލުގެ ރަސްމީ މީޑީއާއިން ވެސް ވަނީ ހަމާސްގެ ވެރިކަމަށް ޔަޙްޔާ އައްސިންވާރު އައްޔަން ކުރުމުން ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި ހަމާސް ޖަމާއަތް ބަލިކަށި ނުވާކަމުގެ މެސެޖް ވެސް އެޖަމާއަތުގެ ވެރިޔާގެ މަގާމަށް ސިންވާރު އައްޔަން ކުރުމުން ލިބޭކަމުގައި މުރާސިލުން ދެކެއެވެ.

ދިރާސާކުރާ މީހުން ބުނާ ގޮތުގައި އިޒްރޭލާއި ހަމާސްގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި ސިންވާރް ވާނީ އެއްބަސްކުރުވަން އުނދަގޫ ބޭފުޅަކަށެވެ.

ސިންވާރު އުފަންވީ 1962 ވަނަ އަހަރު ޣައްޒާގެ ޚާން ޔޫނުސް ރެފިއުޖީ ކޭމްޕަށެވެ.

1980ގެ އަހަރުތަކުގެ ފަހުކޮޅު ސިންވާރު ވަނީ ހަމާސްގެ ސެކިއުރިޓީ ސަރވިސް، މަޖުދުގެ ނަމުގައި އުފައްދަވާފައެވެ.

ސިންވާރުގެ އުމުރުފުޅުގެ ބޮޑުބައި ހޭދަކުރައްވާފައިވަނީ އިސްރާއީލުގެ ޖަލުގައެވެ. 1988 ވަނަ އަހަރު ތިންވަނަ ފަހަރަށް ހައްޔަރުކުރުމަށްފަހު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ނަމަވެސް، ހަމާސް ޖަމާއަތުން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި ހުރި އިސްރާއީލު ސިފައިންގެ މީހާ ގިލާދު ޝަލިތު 2011 ވަނަ އަހަރު މިނިވަންކުރުމުގެ އެއްބަސްވުމުގެ ތެރެއިން އިސްރާއީލުން ދޫކޮށްލި ފަލަސްތީނާއި އިސްރާއީލުގެ އަރަބި 1،027 ގައިދީންގެ ތެރޭގައި ސިންވާރު ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި، މިހާރު އެއްބަސްވުމަކާ މެދު ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ސިންވާރްގެ އަތްމަތީގައި ކަމަށެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

42 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

1 ގަޑިއިރު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

12 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

14 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy