ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިހުތިޔާރުތައް ފުޅާކުރާ ބިލު ކޮމިޓީއަށް

ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު / ފޮޓޯ: މަޖިލިސް

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިހުތިޔާރުތައް ފުޅާކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލު ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު މި ބިލު ހުށަހެޅުއްވީ މިދިޔަ އޮގަސްޓު މަހު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ބިލުގައިވާ ގޮތުން މި އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ، ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް ދައުލަތަށް އެދެވިދާނެ ހާލަތްތައް ފުޅާކުރުމަށެވެ. އެގޮތުން ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް އެދެވޭނެ އައު ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ސިއްރު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވަނަވަރު ހާމަވެދާނެ ފަދަ ހާލަތްތަކާއި، ހިނގަމުންދާ ޖިނާއީ ތަހުގީގުތަކުގެ އޮޕަރޭޝަނަލް މައުލޫމާތު ފަޅާއަރައިދާނެ ފަދަ ހާލަތްތަކާއި، ތިންވަނަ ފަރާތެއްގެ ޒާތީ ނުވަތަ ޕްރައިވެޓް މައުލޫމާތު ހާމަވެދާނެ ހާލަތްތަކާއި، އިތުރު ކުށްތަކަކަށް އަރައިގަތުމަށް މަގުފަހިވެދާނެ ފަދަ ހާލަތްތަކާއި ކޯޓުގެ ހުރުމަތް ކެނޑިދާނެ ފަދަ އަމަލަކަށް ވެދާނެ ހާލަތްތަކުގެ އިތުރުން ވިޔަފާރީގެ ސިއްރުތައް ހާމަވުން ނުވަތަ ވިޔަފާރީގެ މަސްލަހަތުތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިދާނެ ހާލަތްތަކެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ހާމަކުރަން ނުޖެހޭ މައުލޫމާތުގެ ގޮތުގައި އޮންނަނީ، ތަހުގީގީ އިދާރާތަކުގެ އެކަނި ބޭނުމަށް ތައްޔާރުކުރާ ރިޕޯޓުތަކާއި ސަރުކާރުގެ މުވައްޒަފުންނާއި ވަކީލުން އަދި ހެކިން ދީފައިވާ ބަޔާންތަކެވެ. އަދި ހެކި ސިއްރުކުރެވެނީ ޖިސްމާނީ ނުވަތަ އިގްތިސާދީ ގެއްލުމެއް ލިބުން، ތަހުގީގަށް ހުރަސްއެޅުން، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައެވެ.

މީގެއިތުރުން، ޖިނާއީ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުވާލުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެ މާއްދާތައް އުވާލަނީ އެސެޓް ރިކަވަރީގެ ވަކި ހާއްސަ ބިލެއް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިހާރު ވެސް ދިރާސާކުރަމުންދާތީއެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy