ވާހަކަ: ކާއިިނާތު

-

)ސަމާލު: މި ވާހަކައިގައި 18 އަހަރުން ދަށުގެ ކުދިންނާއި، އާއިލާގެ މެންބަރުންނާއި އެކު ކިޔަން ނުވަތަ އަޑުއަހާލުމަށް  އެކަށީގެން ނުވާ ބަސްތައް ހުރެދާނެއެވެ.)

"މިއީ ވާހަކަ އެއް. އޯލެވެލް ނިންމައިގެން ނިކުންނަ ކުއްޖާ އަށް އެނގެނީ ހަމަ އެކަނި ފޮތުގައި އޮންނަ ދެލިގަނޑު، މައިންބަފައިން އެކުދިން ލޯބިން ހަލާކު ކުރުން ނޫން ކަމެއް ނުކުރޭ، ސްކޫލުން ނިމިގެން އައުމަށް ފަހު ޓީވީ ނޫނީ ގޭމް، ބޭރަށް ދާން ބޭނުންވާ ކުއްޖާ ބޭރަށް، އެއް ފަހަރު ވެސް ބައްޕަ އާއި އެކީގައި ގޭގައި މަސައްކަތެއް ކޮށްލާކަށް ނުބުނާނެ، މަންމަ އާއި އެކީގައި ބަދިގޭގައި އުޅެލާކަށް ނުބުނާނެ، ވާނީ އެހެން ކޮންމެ ކަމަކަށް މަސައްކަތު މީހެއް ހުންނާނެ. އެވަރުން ކިހިނެއް ޒުވާނުން ނަށް ވަޒީފާ ދެނީ، ނިމިގެން އަންނަ ގިނަ ކުދިންނަށް ސިޓީ އެއް ލިޔެލާކަށް ވެސް ނޭނގޭ. މިއީ ހާލަތަކީ."ވިދާދު ފިރާޒަށް ވިސްނާ ދެވޭތޯ އުޅުނެވެ.

"އަސްލު އަހަރެން ވެސް ވިދާދު އާއި ތިކަމުގައި އެއްބަސް. އެކަމަކު ގިނަ މައިންބަފައިންދަރިން ހަރުދަނާ ކުރެވޭތޯ ވެސް އުޅޭ. ރަނގަޅަށް ކިޔަވައިގެން ނިކުންނަ ކުއްޖާ އަށް ވެސް ގިނަ ފަހަރު ވަޒީފާ ނުލިބޭ. ދެވެންވެސް ނޯންނަނީ. އަޅެ ދޮގެއްތަ ޖާދު؟"މިރުފާން ބުންޏެވެ.މިރުފާންގެ އަޑަށް ޖާދު މިރުފާނަށް ބަލާލިއެވެ. އަދި އެއްބަސްވާގޮތަށް ބޯޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.

"ވަޒީފާ ދިނަސް އުޅެން ވެސް އެކުދިންނަށް ނޭނގެނީ. މަސައްކަތައް ވުރެން ބޮޑަށް އިންޓަނެޓްގައި ނޫނީ ކޮންމެ ވެސް ކުއްޖަކާ ޗެޓް ކުރަން. އެގޮތުގައި އޮފީހުގެ ވަގުތު އެކުދިން ދުއްވާލަނީ. އޮފީސް ނިމިގެން އެކުދިން ދާއިރު ނުނިމި ގިނަ މަސައްކަތް ތައް ހުންނަނީ."ޖާދު އެމީހުންގެ ވާހަކަ އާއި ބައިވެރި ވެލަމުން ބުނެލިއެވެ. ޖާދު އެމީހުންގެ ވާހަކައިގައި ބައިވެރި ވިކަމުގައި ވިޔަސް އޭނަގެ ހިތާއި ސިކުނޑީގައި ހިނގަނީ އެހެން ތޫފާނެކެވެ.

"ހަގީގަތުގައި އަހަރުމެން ގެ މައިންބަފައިން އަހަރުމެން ކުޑައިރު ޒިންމާ ދާރު ބަޔަކަށް ހަދައިފި، ހުރިހާ ވެސް އެއްޗަކީ އިތުބާރު. މައިންބަފައިން ދަރިން ނަށް ކުރާ އިތުބާރު، ދަރިން މައިންބަފައިން ނަށް ކުރާ އިތުބާރު. އެއިތުބާރު ދެމެހެއްޓިއްޖެއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވެދާނެ."ވިދާދު ގަޑިޔަށް ބަލާލަމުން ބުންޏެވެ.

"އެކަމަކު މިޒަމާނުގައި އެއިތުބާރު ކޮބާ؟ މައިންބަފައިން ނަށް ދަރިން ނަކަށް އިތުބާރެއް ނުކުރެވޭ. ހަމަ ދަރިންނަށް ވެސް ބައިންބަފައިނަށް އިތުބާރެއް ނުކުރެވޭ. ގިނަކަންތައް ތައް ސިއްރު ކުރުން އޮންނަނީ، ހިތް ހުޅުވާލައިގެން މިނިވަން ފިކުރެއްގައި ވާހަކަ ދައްކާ ނުލެވޭ."ވިދާދު ބުނަމުން ދިޔައެވެ. ވިދާދު އެބަސް ތައް ބުނެލަމުން ޖާދު އާއި ދިމާ އަށް ބަލާލިއެވެ. ވިދާދު އެހެން ބުނުމުން ޖާދުވެސް ވިދާދަށް ބަލާލިއެވެ. އަދި އެއްފަރާތުން ހިނިތުންވެލިއެވެ.

"ބަސް ތިއަންނަނީ މިދިމާލަށް ހެން ހާދަ ހީވޭ." ސަމާސާ ރާގަކަށް ޖާދު ބުނެލިއެވެ. ވިދާދު ނޫނެކޭ ބުނާގޮތަށް ބޯހޫރާލިއެވެ. އެވަގުތު އެދިމާ އަށް ކާއިނާތު އަންނަތަން ފެނުމުން އޭނާ ހަމަޖެހިލިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ކާއިނާތަށް ގޯނާ ކޮށްލާހިތް އޭނާ ވިއެވެ. ޖާދު އަށް ވެސް ބެލެމުން ދިޔައީ އެދިމާ އަށް އަންނަމުން ދިޔަ ކާއިނާތު އަށެވެ. ކާއިނާތު އެމީހުންނާއި ދިމާ އަށް އަންނަވަރަކަށް ޖާދުގެ ހިތުގެ ވިންދު ވެސް ދިޔައީ އަވަސްވަމުން ނެވެ.

"ބައެއް ފަހަރު ބައެއް ކުދިން އަމިއްލަ އަށް ވެސް ޤައުމުގެ ކަންތައް އިސްލާހުކުރަން އުޅޭ، އަހަރެން ނަށް ހީވަނީ މިހާރު ޓުރެފިކް ޕޮލިހުން މަގުމަތީގައި ބޭތިއްބުން ބޭކާރު ހެން."ވިދާދު ކާއިނާތު އަރާ ހަމަވުމުން ބުންޏެވެ. ވިދާދު އޭނާޔާއި ދިމާ ކުރަނީ ކަން އޭނާ އަށް އެނގުނެވެ.

"މިހާރު ތިފެށީ ކޮން ވާހަކަ އެއް؟"މިރުފާން އަހާލިއެވެ. މިރުފާން އެހެން އެހުމުން ފިރާޒް ފައިން މިރުފާންގެ ފައިގައި ޖަހާލިއެވެ. ފިރާޒަށް ވިދާދު ކާއިނާތު އާއި ދިމާކޮށްލަނީ ކަން އެނގުނެވެ. މިރުފާން ޙައިރާން ކަމާއި އެކީގައި ފިރާޒަށް ބަލާލިއެވެ. ފިރާޒް ލޮލުގެ އިޝާރާތުން ވިދާދު ދައްކާލިއެވެ. އޭރު ވިދާދު ކާއިނާތަށް ބަލަހައްޓައިގެން ލާނެއް ގޮތަކަށް ހެވިފައި އިނެވެ. މިރުފާނަށް އަދިވެސް ވާނުވާ ނޭނގިފައި އިނެވެ. ޖާދު ވިދާދުގެ ހަރަކާތަށް ބަލާލިއެވެ. އަދި ކުރިމަތީގައި އޯޓަރ ނަގަން ހުރި ކާއިނާތަށް ބަލާލިއެވެ.

ވިދާދު މެން އޯޑަރ ދިނުމުން އެތަކެތި ތައްޔާރު ކުރަން ވަގުތު ނެގިއެވެ. ގިނަތަކެއްތި ތައްޔާރު ކުރީ ކާއިނާތެވެ. ހައްޖައްތަ އަށް ތައްޔާރު ކުރެވެނީ މަދު އެއް ޗެކެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަކަމުން ހަރަކާތް ތެރިވެ އުޅެން ހައްޖައްތަ އަށް މިހާރު އުނދަގުލެވެ. އެކަމަކު ޒައިބާ އެކަނި އުޅޭ ވާހަކަ ބުނުމުން އެހީވެދޭން އައީއެވެ.

"މިމީހުންގެ ވާހަކަ ބާއްވާ... ކޮބާ ޖާދުގެ ކައުނު ގެ އެއްވެސް ހަބަރެއް؟"މިރުފާން އަހާލިއެވެ. ޖާދު އަށް ބަލާލެވުނީ ކާއިނާތު ދިޔަދިމާ އަށެވެ.

"ނޭނގެ މިހާރު މީހަކާ ނީންނަކަމެއް ވެސް..." ފިރާޒް އަށް ބުނެވުނެވެ.

"ދެން ހުއްޓާލަމާ... ކޮންމެވެސް އެހެން ވާހަކަ އެއް ދައްކަމާ."ޖާދު އެވާހަކަ ދައްކަން ބޭނުންނުވާތީ ބުންޏެވެ.

"އެހެން ކިހިނެއް ހުއްޓާލާނީ، އަހަރުމެންނާ ޝޭއާރ ކޮށް ތިހިތުގައި އުފެދިފައިތިވާ އުދާސް ތައް ބޭރުކޮށްލަބަލަ."މިރުފާން ޖާދު އަށް ބުންޏެވެ.

"މާ ލަސްވެއްޖެ...."ޖާދު ހިމޭން ކަމާއިއެކީގައި ބުނެލިއެވެ.

"އަސްލު ކިހިނެއްތަ ވީ ތިމީހުން ދޭތެރޭގައި؟ ކިހާ ސުމޫތުކޮށް ދިޔަކަމެއް."މިރުފާން ވިސްނާލަމުން ބުންޏެވެ. މިރުފާން އެހެން ބުނުމުން ޖާދު ވިދާދަށް ބަލާލިއެވެ.

"މިރުފާން، މިވަގުތަކު ނޫން... އަހަރެން ވެސް އެކަމާބެހޭ ގޮތުން ސުވާލެއް ނުކުރަން."ވިދާދު މިރުފާނަށް ބުންޏެވެ.

"ސުވާލު ކުރިޔަސް ދޭނެ ޖަވާބެއް ނެތް."ޖާދު ހަށިފުރާ ނޭވާއެއްލަމުން ބުންޏެވެ.

ލަދުން ޖެހިލުންވެ ހުރެ ކާއިނާތު ތަބައް ހިފައިގެން ވިދާދު މެންނާއި ދިމާ އަށް އައެވެ.ވެއިޓަރު ކަމަކީ ދުވަހަކު ވެސް އޭނާ ކުރިކަމެއް ނޫންވީމައި ތަބައް އެއްވަރަކަށް ހިފަހައްޓާލަން އުނދަގޫވިއެވެ. ތުރުތުރު އަޅައަޅާ ހުރެގެން ވިދާދު މެން ތިބި މޭޒު ކައިރިޔަށް އައެވެ. ވިދާދަށް ކާއިނާތު އަންނަތަން ފެނުމުން ތެދުވެ ތަބަކުގައި ހިފާލީ ކާއިނާތުގެ އަތާއި އެކީގައެވެ. ޖާދުގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ނުދައްކަން ޖާދު އިސްޖަހާލަމުން ފޯނު ނެގިއެވެ.

ޖެހިލުންވެ ލަދުން ހުރެ ކާއިނާތު ވިދާދަށް ބަލާލިއެވެ. ލަދާ އެއްވަރަށް ރުޅިވެސް އައެވެ. މިރޭ ދިމާވި ހާދިސާ ހިތަށް އަރައިގެން ދިޔައެވެ. ތަޅުދަޑި އެއްލާލީމަ ވެސް މިމީހާ މައިތިރި ނުވާކަން އެނގުމުން ކުރިޔަށް ވުރެން ބޮޑަށް ދެލޯ އަޅާލިއެވެ. ވިދާދު ހީލިއެވެ. ކާއިނާތުގެ ދޮންރީތި މޫނަށް ބަލަމުން ދިޔައީ އަގޮބޮޑު ޖަވާހިރަކަށް ބަލާލާ ގޮތަކަށެވެ. އެރީތި މޫނު ރުޅި އައުމުން އަދި ވަކިން ރީތި ވިކަހަލަ އެވެ. ވިދާދުގެ ޒުވާން ލޭ ހަށިގަނޑުގައި ބާރު މިނުގައި ދައުރު ވަމުން ދިޔައެވެ. ހިތް ބާރަށް ވިންދު ޖަހަމުން ދިޔައެވެ. އޭނާގެ ހިތާ އެހާ އަވަހަށް ކުޅެލެވުނު ކުއްޖަކު އަދި މިހާތަނަށް ދިމާވެފައި ނެތުމުން އެއީ މުޅިން އާ އިޙްސާސް ތަކެކެވެ. ކާއިނާތުގެ އަތުގައި ބީހިލެވުން ވީ ވިދާދަށް ލިބުނު ހިންހަމަ ޖެހުމަކަށެވެ.

"ބަލައިގެން."މަޑުމަޑުން ވިދާދު ބުންޏެވެ. ކައިނާތު މޭޒު ކައިރީގައި ތިބިމީހުން ނަށް ބަލާލިއެވެ. މިރޭ އޭނަ ލަދުގަންނަވަން ވިދާދު ހުރީ އަތުކުރި އޮޅާލައިގެން ކަން އޭނާ އަށް އެނގުނެވެ. ވިދާދުގެ ބެލުމުން ދުރަށް ދާން އޭނާ ބޭނުން ވިޔަސް އެކަން ވާކަށް ނެތެވެ. އެކުވެރިޔަކަށް ޓަކާ މިލަދުވެސް އޭނަ ގަބޫލު ކުރާނެއެވެ. ވިވާދުގެ މޫނަށް ބަލާލަމުން ދެލޯ އަޅާލިއެވެ. ވިދާދު ލާނެއް ގޮތަކަށް ހިނިތުން ވެލިއެވެ.

"މީ ތަޅުދަނޑިއެއް ނޫން. އެއްލާ ނުލާތި."މަޑުމަޑުން ވިދާދު ކާއިނާތަށް ބުނެލިއެވެ. ކާއިނާތު އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. އެއްޗެއް ބުނެފިއްޔާ ކުރިޔަށް ވުރެން ބޮޑަށް އޭނަ ލަދު ގަންނަވާލާނޭ ކަން އޭނަ ޔަށް އެނގެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އިންސާނީ ފިތުރަތެވެ. އެބަދަލު ވާން ދުވަސް ނަގާނެއެވެ.

އެތަނުން އެއްތަބަށް ވިދާދު ނެގިއެވެ. ވިދާދުގެ ހަރަކާތް ތައް ރަނގަޅަށް މިރުފާން ފާހަގަ ކުރަމުން ދިޔައީ ވިދާދުގެ މިޒާޖު އެނގޭތީއެވެ. އަންހެން ކުދިންގެ ހިތް ހާސިލް ކުރުމުގައި ވިދާދަކީ ކުޅަދާނަ މާހިރެކެވެ. އެއަންހެން ކުއްޖާ އާއި ވިދާދާއި ދޭތެރޭގައި ކޮންމެވެސް ކަމެއް ހިނގައިފިކަން މިރުފާނަށް އެނގުނެވެ. ފިރާޒް ބުނެދޭން އެއުޅެނީ އެވާހަކަ ކަން އެނގުނެވެ. އަނެއްކާ ވެސް ވިދާދުގެ ހަޔާތައް އިތުރު ކޮށްލާ އާ ބާބެއް ކަމަށް އެތަނުގައި ތިބި އެންމެން ނަށް ހީވިއެވެ.

ކާއިނާތު އެމީހެއްގެ އޯޑަރު އަހާލަމުން އެމީހެއްގެ ކައިރީގައި އެމީހަކު ބުނި ކެއުމެއް ބަހައްޓަމުން ދިޔައެވެ. ވިދާދުގެ ތަށި ބެހެޓުމުން ވިދާދު ކާއިނާތަށް ބަލާލިއެވެ. ކާއިނާތު ވިދާދު ގެ މޫނަށް ބަލާލުމެއް ނެތި ހިނގައިގަތެވެ. ކާއިނާތުގެ އެހަރަކާތް ވެސް ވިދާދަށް ވަރަށް ކަމުދިޔައެވެ. ރީތި ޒުވާނަކަށް ވެފަ އޭނަގެ މޫނަށް ކާއިނާތު ބަލާނުލީ އެއީ ވަރަށް ގޮތުގައި ހުރި ކުއްޖެއްކަން އޭނާ އަށް އެނގެއެވެ. ތިމަންނަ މިއީ އެހާ ފަސޭހައިން ހާސިލް ކުރެވޭނެ މީހެއް ނޫންކަން ބުނެދޭ ކަހަލަ އިޝާރާތެކެވެ. ކާއިނާތުގެ އެސިފަތަށް ވިދާދުގެ ހިތް ތަޅުވަމުން ދިޔައެވެ. ނޫނެކޭ ބުނާވަރަކަށް ހާސިލްކުރުމުގެ ޖޯޝް ވިދާދުގެ ހިތުގައި އުފެދިގެން ދިޔަކަހަލައެވެ.

"ބަލަ މިމަސްކޮޅު ކޮށާ ނުދޭނަންތަ؟" ކާއިނާތު ހިނގައިގަތުމުން ވިދާދު ލާނެއް ރާގަކަށް އަހާލިއެވެ. ފެންބޮއިބޮއި އިން ފިރާޒް ކޮށީ ނޭރީ ކިރިޔާއެވެ. ޖާދު އަށް ވެސް ވިދާދު އާއި ދިމާ އަށް ބަލާލެވުނެވެ.

"ވިދާދު ކޮންކަމެއް ދެން؟"ޖާދު އަށް ބުނެލެވުނެވެ.

"އަނގައިގައި ލަވާ ކާންދޭށޭ ބުނަންވީނު."މިރުފާން ވިދާދަށް ބުންޏެވެ. ވިދާދު ހިނިތުން ވެލިއެވެ. އެހިނިތުން ވުމުގައި ވަނީ އެތަކެއް ވާހަކަ ތަކެވެ. މާނައިން ފުރިގެންވާ ހިނިތުން ވުމެކެވެ. އެކަހަލަ ގޮތަކަށް އުފާވެފައި ވިދާދު ހިނިތުން ވެލިތަން މިރުފާނަށް ފެނިފައެއް ނުވެއެވެ. މިޒާޖުގައި ސަމާސާ ގޮތެއް ހުއްޓަސް އެސަމާސާ ގޮތް ވަނީ މީގެ އަހަރުތަކެއް ކުރިން ފިލާ ގޮސްފައެވެ. މިޒާޖަށް ސީރިޔަސް ކަމެއް އައީ ދިމާވި ހާދިސާއަކާއި ގުޅިގެންނެވެ. ކުރިން މޫނުމަތިން ފެންނަމުން ދިޔަ ހިނިތުން ވުން ގަދަކަމުން ހީލާ ހީލުމަކަށް ބަދަލުވިއެވެ. އަހަރު ތަކަކަށް ފަހު އަލުން އެހިނިތުން ވުން ވިދާދުގެ ތުންފަތް މަތިން ފެނުނީއެވެ.

"އެހެން ވެސް ހަދާދޭންވީ."ލާނެއް ރާގަކަށް ވިދާދު މަޑުމަޑުން ބުނެލިއެވެ.

"ކޮއްކޯ ދޭ."މިރުފާން ކާއިނާތަށް ބުންޏެވެ. ކާއިނާތު ދިއުމުން މިރުފާން ވިދާދަށް ބަލާލަމުން ކޮންކަމެއްތޯ ސުވާލު ކުރިއެވެ. އަނެއްކާ ވެސް އާ މަހެއް ގަނޭތޯ ދޮށި އެއްލަނީ ތޯ ސުވާލު ކުރިއެވެ. ޖާދު ނޫން އެންމެންހެން ވިދާދު އާއި ސުވާލު ކުރަން ފެށިއެވެ. ވިދާދުގެ ކަންތައް ހުންނަ ގޮތް އެތަނުގައި ތިބި އެންމެން ނަށް ވެސް އެނގެއެވެ. ވިދާދު އަކީ އަންހެންކުދިން ހިތްދަމައިގަންނަ ކަހަލަ ރީތި ސިފަތަކެއް ލިބިގެންވާ ރީތި ފުރިހަމަ ޒުވާނެކެވެ. ހަގީގީ ވިދާދު އެނގެނީ ހަމައެކަނި ޖާދު މެނަށެވެ. އަންހެކުދިން ހިތިކަމަށް ބުނާ ވިދާދު އެއިން ކުއްޖަކަށް ބަލާލާކަށް ބޭނުން ނުވެއެވެ. އެކަމަކު މިރޭ ވިދާދުގެ ހަރަކާތް ތައް ތަފާތެވެ. ވާހަކަ ދެއްކުމުގެ ބަހުރުވަ ތަފާތެވެ. މިހާގެ މިޒާޖަށް ބަދަލެއް އައިސް ސިއެވެ. އުފާވެރި ހިނިތުން ވުން އެވާހަކަ ތައް ބުނެ އިޢުލާން ކުރަމުން ދިޔަ ކަހަލައެވެ.

"އެއްވެސް ކަމެއް ނޫން. ތަންކޮޅެއް ބޯ ހަރު ކުއްޖެއް އެއީ." ވިދާދު ކާއިނާތު ދިޔަދިމާ އަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ.

"ތިބުނީ؟"ފިރާޒު އަހާލިއެވެ.

"މިބުނީ އެކުއްޖާ އެބަޖެހޭ ހަމަބިމަށް ބާލަން."ހީލަމުން ވިދާދު ފިރާޒަށް ބުންޏެވެ.

"ހަމަ ބިމަށް ބާލަން ށޭ ކިޔާފަ އިންސާނިއްޔަތު ކަން ނަގާލަންވީތަ؟"ފާޅުގައި ދެކޮޅު ވެރިވަމުން މިރުފާން ބުންޏެވެ. "މިހާރު ވެސް ރާއްޖެ މަޝްހޫރު ވެފައި ވަނީ ތިން ކަމަކުން، ވަރި ގިނަވުމާއި އަންހެނުން ނަށް ކުރާ ގެވެށި އަނިޔާ އާއި އަންހެން ކުދިންނާ ފޮށުން."މިރުފާން ބުނަމުން ދިޔައެވެ.

"އޭގެ ބޮޑެއް ވިދާދު އަކީ. އަހަރެން ނަަކަށް ނޭނގެ ރެއަކަށް ކިތައް ކުދިން ކަމެއް."ޖާދު ދެފަރާތައް ބޯހޫރާލަމުން ވިދާދަށް ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ. ދުނިޔެއަށް ވިދާދު މަޝްހޫރު ވެފައިވަނީ އެގޮތަށް ކަމުން ޖާދު ވެސް ސިފަ ކޮށްދިނީ އެގޮތަށެވެ. ވިދާދު ލާނެއް ގޮތަކަށް ހިނިތުން ވެލިއެވެ. އޭނަގެ ހަގީގަތް އެނގެނީ ހުދު އޭނަޔަށެވެ.

"ދެން އަހަރެންނާ ފޮށޭ އަންހެން ކުދިންނޯ. އަހަރެންނަށް ހައްގު ހޯދަދޭނީ ކާކު؟"ތުންފަތް މަތިން ލާނެއް ހިނިތުން ވުމެއް ފާޅުވިއެވެ. އަދި ލާނެއް ރާގަކަށް ވިދާދު ބުންޏެވެ.

"ނޫނޭ، މިހާރު އަހަރެއް ވެއްޖެ ވިދާދު އެހެން ދިމާއަކަށް ކަޅި އެއްލާ ނުލާތާ."ފިރާޒް ބުންޏެވެ.

"ތެދެއް ކިހިނެއް ވީ އަނެއްކާ؟"ޖާދު ވެސް ބޭނުންވީ އޭނަގެ ހިތުގައި އުފެދެމުންދާ ތޫފާންގަނޑު މައިތިރިކުރާށެވެ. އެގޮތުން ވިދާދު އާއި ދިމާކޮށްލަން އޭނަ ވެސް ބޭނުންވިއެވެ.

"ނޭނގޭތަ؟ ރިސޯޓަށް އައި ކުއްޖަކާ ހެދި މޮޔަވެގެން. ނަމެއް ވެސް ނުބުނި ކާކު ކަމެއް ވެސް ނުބުނި. މިފަހަރު އެކަން އެކުރަނީ ވަރަށް ސިއްރުން."ފިރާޒް ހެމުން ބުންޏެވެ.

"ދެން ކޮންކަމެއް ފިރާޒް."ހީލަމުން ވިދާދު ބުންޏެވެ.

"ތިއީ ސީރިޔަސް ކަމެއްވިއްޔާ މިތާ އެހެރަ ކުއްޖާ ދޫކޮށްލާ."މިރުފާން އަނެއްކާ ވެސް ވިދާދަށް ބުންޏެވެ. ވިދާދު މިރުފާނަށް ބަލާލިއެވެ.

"އަހަރެން ނަށް ހީވަނީ ޝީލާ ޔަށް ގުޅަން ވީހެން. މިރެއަށް މިރުފާނަށް ފާރަލާން. ދަމުން ދަމުން ވެއިޓަރު ގެންގޮސް ދާނެ." ލާނެ ރާއްގަކަށް ވިދާދު ބުންޏެވެ.

 

 

އަދި ނުނިމޭ

 

 

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy