ރައީސް އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސް އޮފީސް --

ރައީސް އޮފީހުގެ ދެ މަގާމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

މި މަގާމުތަކަށް އެ ބޭފުޅުން އައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

އެގޮތުން މިއަދު ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، އަހުމަދު ހަބީބް އައްޔަން ކުރައްވާފަ އެވެ.

މި ދެބޭފުޅުންގެ ތެރެއިން މުހައްމަދު ތަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގަ އެވެ. ތަލާލަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އެގޮތުން ޔަލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި ސްޕޯޓްސް މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓާ ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ތަލާލަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެކެވެ.

އަހުމަދު ހަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ. ހަބީބް މީގެ ކުރިން ވަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓުގެ ޑެޕިއުޓީ މެނޭޖަރުކަން ވަނީ ފުރުއްވާފައެވެ.

ހަބީބް ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ކޮމެންޓް

team

ޓަވަރެއްގެ 25 ފޫޓު މަތިން ވެއްޓި ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ

4 ގަޑިއިރު ކުރިން
team

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

5 ގަޑިއިރު ކުރިން
team

މާމެންދޫގެ ގެސްޓް ހައުސްއަކާއި ފާމަސީއަކުން 60،000ރ. ގެ ތަކެތި ވަގަށް ނަގައިފި

8 ގަޑިއިރު ކުރިން
team

ހިންނަވަރު ކައުންސިލު އިމާރާތުގެ 44 ޕަސެންޓް ނިންމައިފި

9 ގަޑިއިރު ކުރިން
team

އަގުހެޔޮކޮށް އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިސްކަން ދެއްވާ"

9 ގަޑިއިރު ކުރިން
team

"ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ"

10 ގަޑިއިރު ކުރިން
team

ނަހުލާހެ "މަޖުނޫނު"ގެ ޕޯސްޓަރާއި ޓީޒާ މިރޭ ލޯންޗުކުރަނީ

11 ގަޑިއިރު ކުރިން
team

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

11 ގަޑިއިރު ކުރިން
team

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، އެކަކު ސީރިއަސް ހާލަތަކަށް

14 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސްކޯޑެއް ތައާރަފު ކުރަނީ

15 ގަޑިއިރު ކުރިން
team

އިސްލާމް ދީނުގެ އަސާސަކީ މަސްލަހަތު: ރައީސް ޑރ. މުއިއްޒު

1 ދުވަސް ކުރިން
team

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy