މާމެންދޫގެ ގެސްޓް ހައުސްއަކާއި ފާމަސީއަކުން 60،000ރ. ގެ ތަކެތި ވަގަށް ނަގައިފި

މާމެންދޫ އިން ހައްޔަރުކުރި މީހުންގެ ވަނަވަރު: ފޮޓޯ/ ޕޮލިސް

60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގިކަމުގެ ތުހުމަތުގައި ގއ. މާމެންދޫއިން ދެ މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، ‏އަ ންދަލީބުގެއަހުމަދު ސައު، 42، އާއި ‏ގއ. މާމެންދޫ، ސަންލައިޓްވިލާ ހަމްދޫން ހަސަން، 33، އެވެ.

ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަމްދޫން ހަސަން 15 ދުވަހަށް އަދި އަހުމަދު ސައުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މާމެންދޫ ގެސްޓު ހައުސް އަކާއި ރަށު ސިއްހީ މަރުކަޒު ބޭސްފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ މި މަހުގެ11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން ވަގަށްނެގި ތަކެތި ހޯދުމަށް ކުރެވުނު މަސައްކަތުން، އެ މީހުންނާއި ގެސްޓު ހައުސްއާއި ބޭސްފިހާރައިން އެ މީހުން ވަގަށްނެގި ތަކެތި ވެސް ފުލުހުނ ހޯދާފައިވާ ކަމަށެވެ.

ގެސްޓު ހައުސުން ވަގަށްނެގި ތަކެތީގެ ތެރޭގައި ހިމެނެނީ މެކްބުކް ސާފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓްގެ އިތުރުން ގޯޕްރޯއަކާއި، ކެނޮން ކެމެރާއެކެވެ. ބޭސްފިހާރައިން ވަގަށްނެގި ތަކެތީގެ ތެރޭގައި ފައިސާއާއި އެހެނިހެން ތަކެތި ހިމެނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް

team

ޓަވަރެއްގެ 25 ފޫޓު މަތިން ވެއްޓި ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ

4 ގަޑިއިރު ކުރިން
team

ރައީސް އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

4 ގަޑިއިރު ކުރިން
team

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

5 ގަޑިއިރު ކުރިން
team

ހިންނަވަރު ކައުންސިލު އިމާރާތުގެ 44 ޕަސެންޓް ނިންމައިފި

9 ގަޑިއިރު ކުރިން
team

އަގުހެޔޮކޮށް އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިސްކަން ދެއްވާ"

9 ގަޑިއިރު ކުރިން
team

"ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ"

10 ގަޑިއިރު ކުރިން
team

ނަހުލާހެ "މަޖުނޫނު"ގެ ޕޯސްޓަރާއި ޓީޒާ މިރޭ ލޯންޗުކުރަނީ

11 ގަޑިއިރު ކުރިން
team

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

11 ގަޑިއިރު ކުރިން
team

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، އެކަކު ސީރިއަސް ހާލަތަކަށް

13 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސްކޯޑެއް ތައާރަފު ކުރަނީ

15 ގަޑިއިރު ކުރިން
team

އިސްލާމް ދީނުގެ އަސާސަކީ މަސްލަހަތު: ރައީސް ޑރ. މުއިއްޒު

1 ދުވަސް ކުރިން
team

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy