ނަހުލާހެ "މަޖުނޫނު"ގެ ޕޯސްޓަރާއި ޓީޒާ މިރޭ ލޯންޗުކުރަނީ

މަޖުނޫންގެ ޕޯސްޓަރެއް -- ފޮޓޯ/ ނަހުލާ

ނަހުލާހެ "މަޖުނޫނު"ގެ ޕޯސްޓަރާއި ޓީޒާ މިރޭ ލޯންޗުކުރަން ތައްޔާރުވެއްޖެއެވެ،

ކްރިސްޓަލް އެންޓަޓެއިންމަންޓުން ހަދާ "މަޖުނޫން" ފިލްމުގެ ޕޯސްޓަރާއި ޓީޒާ ލޯންޗުކުރަން ހަމަޖެހިފައިވަނީ މިރޭ 20:30ގައެވެ.

މަޖުނޫންގެ ބަތޮލެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނީ ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަހްމަދު ޝާރިފްއެވެ.

މީގެއިތުރުން އެ ފިލްމުގެ ބަތޮލާގެ ގޮތުގައި ފެންނާނީ މިހާރު ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓްރެސް މަރިޔަމް ޝިފާއެވެ.

ނަހުލާ ބުނިގޮތުގައި އެ ފިލްމުގެ ކާސްޓުން ހޮވަން ވަރަށް ބޮޑަށް އުނދަގޫވިއެވެ. އެ ފިލްމުގެ ބަތޮލަކަށް ޝާރިފް ހިޔާރުކޮށް އެ ފިލްމުގެ ސިފަވަންތަކަން ގެނައުމަށް ޝާރިފްގެ ސިފައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ވެސް ނަހުލާ ބުންޏެވެ.

މީގެ އިތުރުން ނަހުލާ ބުނީ ޝާރިފްއާއި ޝިފާގެ އިތުރުން އެ ފިލްމުގައި މަޝްހޫރު ގިނަ ތަރިން ތަކެއް އެ ފިލްމުން ފެންނާނެކަމަށެވެ.

އެ ފިލްމު ޝޫޓު ކުރުމުގެ މަސައްކަތް މިިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އެ ފިލްމު ސިނަމާގައި އަޅުވާނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުކަމަށެވެ.

އެ ފިލްމުގައި ނަހުލާގެ ދެ ދަރިންކަމުގައިވާ ލާލި އާ އެވްލީ ފެންނާނެ އެވެ. އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ދިވެހި ފިލްމު "ސޮރީ" ގައި ވެސް އެ ދެ ކުދިންގެ ހުނަރާއި ކުޅަދާނަކަން ފެނިފައިވެ އެވެ.

މަޖުނޫނު ފިލްމަކީ ލޯބީގައި ޖެހި ދުނިޔެއިން މޮޔަވެ، ދީވާނާ ވެފައިވާ މީހެއްގެ ހާދިސާ ދައްކުވައިދޭ ވާހަކެއްގެ މައްޗަށް ގެނެސްދޭ ފިލްމެކެވެ.

މަޖޫނޫނަކީ ވެސް ނަހުލާގެ އެހެން ފިލްމުތެކެކޭ އެއްގޮތަށް ތަފާތު މޮޅު އަދި އިބުރަތްތެރި ބަލާހިތްވާ ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.

ކޮމެންޓް

team

ޓަވަރެއްގެ 25 ފޫޓު މަތިން ވެއްޓި ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ

4 ގަޑިއިރު ކުރިން
team

ރައީސް އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

4 ގަޑިއިރު ކުރިން
team

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

5 ގަޑިއިރު ކުރިން
team

މާމެންދޫގެ ގެސްޓް ހައުސްއަކާއި ފާމަސީއަކުން 60،000ރ. ގެ ތަކެތި ވަގަށް ނަގައިފި

8 ގަޑިއިރު ކުރިން
team

ހިންނަވަރު ކައުންސިލު އިމާރާތުގެ 44 ޕަސެންޓް ނިންމައިފި

9 ގަޑިއިރު ކުރިން
team

އަގުހެޔޮކޮށް އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިސްކަން ދެއްވާ"

9 ގަޑިއިރު ކުރިން
team

"ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ"

10 ގަޑިއިރު ކުރިން
team

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

11 ގަޑިއިރު ކުރިން
team

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، އެކަކު ސީރިއަސް ހާލަތަކަށް

13 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސްކޯޑެއް ތައާރަފު ކުރަނީ

15 ގަޑިއިރު ކުރިން
team

އިސްލާމް ދީނުގެ އަސާސަކީ މަސްލަހަތު: ރައީސް ޑރ. މުއިއްޒު

1 ދުވަސް ކުރިން
team

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy