ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި

ސުލްތާން ބިން އަބްދުލްރަހުމާން އަލް މުރުޝިދު، ރައީސް ޑރ. މުއިއްޒާއެކު: ފޮޓޯ/ ރައީސް އޮފީސް

ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރުޝިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސައުދީ ފަންޑުގެ ސީއީއޯ ރައްޖެ ވަޑައިގެންފައިވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ކަމަށާއި މި ދަތުރުފުޅުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުލްރަހުމާން އަލް މުރުޝިދު ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެންފަ އެވެ.

ސައުދީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތަކުގެ އަގު ވަޒަންކޮށް ސައުދީ ފަންޑުގެ ސީއީއޯ ‏ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރުޝިދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 40 އަށް ވުރެ ގިނަ މަޝްރޫއު ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް

team

ޓަވަރެއްގެ 25 ފޫޓު މަތިން ވެއްޓި ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ

4 ގަޑިއިރު ކުރިން
team

ރައީސް އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

5 ގަޑިއިރު ކުރިން
team

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

5 ގަޑިއިރު ކުރިން
team

މާމެންދޫގެ ގެސްޓް ހައުސްއަކާއި ފާމަސީއަކުން 60،000ރ. ގެ ތަކެތި ވަގަށް ނަގައިފި

9 ގަޑިއިރު ކުރިން
team

ހިންނަވަރު ކައުންސިލު އިމާރާތުގެ 44 ޕަސެންޓް ނިންމައިފި

9 ގަޑިއިރު ކުރިން
team

އަގުހެޔޮކޮށް އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިސްކަން ދެއްވާ"

10 ގަޑިއިރު ކުރިން
team

"ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ"

11 ގަޑިއިރު ކުރިން
team

ނަހުލާހެ "މަޖުނޫނު"ގެ ޕޯސްޓަރާއި ޓީޒާ މިރޭ ލޯންޗުކުރަނީ

11 ގަޑިއިރު ކުރިން
team

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

12 ގަޑިއިރު ކުރިން
team

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، އެކަކު ސީރިއަސް ހާލަތަކަށް

14 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސްކޯޑެއް ތައާރަފު ކުރަނީ

16 ގަޑިއިރު ކުރިން
team

އިސްލާމް ދީނުގެ އަސާސަކީ މަސްލަހަތު: ރައީސް ޑރ. މުއިއްޒު

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy