"ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ"

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ޑޮލަރު ރޭޓު ދަށްވަމުން އެބަދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

"ސަރުކާރު އަޅުގަނޑުމެންނާ ހަވާލުވިއިރު ޑޮލަރު ހުރި ރޭޓަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެނީ. މާނައަކީ ނިމިދިޔަ ސަރުކާރުގައި ހުރި މިންވަރަށް އެ ރޭޓާ ބޭންޑާ ހަމައިގައި ހުރި ކަމަށް މައުލޫމާތު ލިބޭ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސާ ހުއްދަތަކާ މުޅިން ހިލާފަށް ރަސްމީ ރޭޓުގެ ބޭރުން ފައިސާ މާރުކުރުމުގެ މައްސަލަ ވަރަށް މަޑުވެފައިވާ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާއި ބްލެކް މާކެޓް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާ އެކު މިހާރު ބްލެކް މާކެޓުގައި ބޭރު ފައިސާ ބޮޑު އަގުގައި ވިއްކާ އަގު ދަށްވަމުން އަންނަކަން ފާހަގަވާ ކަމަށެވެ

ކޮމެންޓް

team

ޓަވަރެއްގެ 25 ފޫޓު މަތިން ވެއްޓި ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ

4 ގަޑިއިރު ކުރިން
team

ރައީސް އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

4 ގަޑިއިރު ކުރިން
team

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

5 ގަޑިއިރު ކުރިން
team

މާމެންދޫގެ ގެސްޓް ހައުސްއަކާއި ފާމަސީއަކުން 60،000ރ. ގެ ތަކެތި ވަގަށް ނަގައިފި

8 ގަޑިއިރު ކުރިން
team

ހިންނަވަރު ކައުންސިލު އިމާރާތުގެ 44 ޕަސެންޓް ނިންމައިފި

9 ގަޑިއިރު ކުރިން
team

އަގުހެޔޮކޮށް އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިސްކަން ދެއްވާ"

9 ގަޑިއިރު ކުރިން
team

ނަހުލާހެ "މަޖުނޫނު"ގެ ޕޯސްޓަރާއި ޓީޒާ މިރޭ ލޯންޗުކުރަނީ

11 ގަޑިއިރު ކުރިން
team

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ

11 ގަޑިއިރު ކުރިން
team

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، އެކަކު ސީރިއަސް ހާލަތަކަށް

13 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސްކޯޑެއް ތައާރަފު ކުރަނީ

15 ގަޑިއިރު ކުރިން
team

އިސްލާމް ދީނުގެ އަސާސަކީ މަސްލަހަތު: ރައީސް ޑރ. މުއިއްޒު

1 ދުވަސް ކުރިން
team

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy