ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ތެޔޮ ފީފާތަކެއް ----

އެމެރިކާއި އީރާނާ ދެމެދު އަސްކަރީ ގޮތުން ކުރިމަތިލުންތަކެއް ހިނގައި، ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަފުތާގެ ތެރޭގައި ތެލުގެ އަގަށް މި ބަދަލު އައީ އެމެރިކާއިން އީރާނަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާއި، އޭގެ ރައްދުގައި މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން، ހަކަތައިގެ ބާޒާރު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއަކުން 1.76 ޑޮލަރު ވަނީ ބޮޑުވެފައެވެ. އެއާއެކު މިހާރު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 97.39 އެމެރިކާ ޑޮލަރަށް އަރާފައެވެ. މީގެއިތުރުން ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑުގެ އަގު 1.91 ޑޮލަރު މައްޗަށް ޖެހިލައި، މިހާރު ފީފާއެއް ވިއްކަމުން ދަނީ 92.92 ޑޮލަރަށެވެ. މިއީ ވޭތުވެދިޔަ ހަތަރު ދުވަހު ޖެހިޖެހިގެން ތެލުގެ އަގު މައްޗަށް ދިއުމަށްފަހު، މި ހަފުތާގައި އަގު އެންމެ އުސްމިނަކަށް ދިޔަ ފަހަރެވެ.

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވަމުންދާއިރު، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކެޓްޒް ވަނީ އީރާނުން އެ ޤައުމަށް އެއްވެސް ހަމަލާއެއް ދީފިނަމަ، އީރާނުގެ ތެލާއި ހަކަތަ އުފައްދާ މަރުކަޒުތައް ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު ވެސް ދީފައެވެ. މި އިންޒާރުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތެލުގެ އަގު އިތުރަށް އުފުލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy