މަކަރާއި ހީލަތާއި ގުޅިގެން 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކްކޮށްފި

އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، މަރިޔަމް ރަޝީދާ

މިއަހަރު އެކަނި ވެސް މަކަރާއި ހީލަތުގެ މައްސަލަތަކާ ގުޅިގެން 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ހާޒިރުކުރެވުނު ފުލުހުންގެ އިސް ބޭފުޅުންނެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅޭގޮތުން އޭޕްރީލް 10 ވަނަ ދުވަހު އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓުގައިވާ ނިންމުންތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް  އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ފުލުހުންގެ އިތުރުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުން ވެސް ބައިވެރިވިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މަރްޔަމް ރަޝީދާ ވިދާޅުވި ގޮތުގައި މިއަހަރު މަކަރާއި ހީލަތުގެ މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކްކުރުމުގެ އިތުރުން، 782 ޑިވައިސް ނެޓްވޯކް ބްލޮކްކުރުމާއި، 297 ސިމްކާޑު ބާޠިލުކުރުމާއި، 70 ވެބް ލިންކް ބްލޮކްކުރުން ހިމެނެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ ރާއްޖޭގައި އިތުރުވަމުންދާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ. މިފަދަ މައްސަލަތަކުން ރައްޔިތުން ސަލާމަތްކުރުމަށް ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަމުންދާކަން ވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. 

އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، މަރިޔަމް ރަޝީދާ ވިދާޅުވި ގޮތުގައި 156 މަކަރާއި ހީލަތުގެ މައްސަލަ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް މިހާރު ވަނީ ޝަރީޢަތުގެ މަރުޙަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދާ އިތުރަށް ވިދާޅުވި ގޮތުގައި އެންޓި ސްކޭމް ސެންޓަރު އުފައްދާފައިވަނީ އެހެން ޤައުމުތަކުގައި މިކަން ކުރާ ގޮތަށް ބަލައިގެންނެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާ، ސިންގަޕޫރު އަދި ތައިލެންޑް ހިމެނެއެވެ. "އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ ސިންގަޕޫރުގައި ބޭނުންކުރާ ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމު ކަމަށް،" އޭނާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން މިހާރު ވަނީ ސިންގަޕޫރުގައި ތަންފީޒުކުރާ ނިޒާމު ގެންގުޅެން ފަށާފައެވެ.

ރަޝީދާ ހާމަކުރެއްވި ގޮތުގައި މިދިޔަ އަހަރު 1661 މަކަރުވެރި މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، މީގެ ތެރޭގައި 20 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި މިހާތަނަށް މިއަހަރު 1،302 މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނާ ގޮތުގައި ކަމާގުޅޭ ހުރިހާ އިދާރާތަކެއް ބައްދަލުކޮށް މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވިފައިވެއެވެ. އަދި  މިކުށްތައް ހުއްޓުވުމަށް ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކުރުމުގައި އެއްބާރުލުން ލިބެމުންދާ ކަމަށް އެމީހުން ބުނެފައިވެއެވެ.          

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy