ރައީސް ޑރ. މުއިއްޒުގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް، ވަދާއީ ޒިޔާރަތެއް

ރައީސް ޑރ. މުއިއްޒުގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް،‏‎ ‎‏ވަދާއީ ޒިޔާރަތެއް ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ގޯލަމް ސަރުވަރު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށް ޓަކައި ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ސާކު އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

މީގެ އިތުރުން، ސާކު ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސާކުގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއް ނުވާ އެއްބާރުލުމަށް ޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.

އަދި ސާކް އުފެއްދި މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ، އެ ޖަމްއިއްޔާއަށް ނުހަނު މުހިއްމު ގައުމެއްކަން ފާހަގަކުރައްވައި، ޖަމްއިއްޔާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް އާއި ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ޑރ. މުއިއްޒު ވަނީ، ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުހުވެރިކަން ވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

ރާއްޖެއަކީ ސާކު އުފެއްދުމުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ގައުމެކެވެ.

ސާކު ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

10 މިނިޓު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

48 މިނިޓު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

3 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

4 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

14 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

14 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

16 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

18 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

18 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

18 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

19 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

22 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy