އދ. ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު ދެކުނުބުރިއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިގުރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިގުރަށު ސްކޫލްގައި އާ އިމާރާތެއް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
އާރުޑީސީން ބުނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ދިގުރަށު ސްކޫލް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ޓަކައި މިހާރު ކުރިއަށް ދަނީ ފެންސިންގެ މަސައްކަތް ކަމަށެވެ.
ކޮމެންޓް