ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ މަޖިލިސް އިދާރާ

ދައުލަތު ހުރުމަތް ކެނޑޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ކުރެއްވި ސުވާލުގައި ވަނީ ފުލުހުންނާ ދޭތެރޭ ނަފުރަތު އުފައްދާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް އޮތްތޯ އެވެ.

މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެ ތަންތަނުގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ މަންފާ ހޯދުމަށް ޓަކައި އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"އެ ކަންކަމަކީ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތަސް އެ ތަންތަނުގެ އިއްޒަތާއި ކަރާމާތް އަދި އަބުރު ނެގެހެއްޓެން ޖެހޭނެ ތަންތަން. އަދި ވަކިން ހާއްސަކޮށް ފުލުހުންގެ ހިދުމަތާއި ދިވެހި ސިފައިންގެ ހިދުމަތް ފަދަ ސަލާމަތީ ހިދުމަތްތައް ދޭ ދިވެހި ރައްޔިތުން އެ ހިދުމަތަކަށް ކޮންމެ ހާލަތެއްގައި ވެސް ބަލަބަލާ ތިބޭ ހިދުމަތްތަކެއް،" އިހުސާން ވިދާޅުވި އެވެ.

"އެތަންތަނުގެ ކަރާމާތާއި ރައްކާތެރިކަން އަދި ވަކިން ހާއްސަކޮށް އެތަންތަނަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،"

މިފަދަ ތަންތަނަށް ގާނޫނީ ގޮތުން އަދި ރައްކާތެރިކަން ދެވިފައި ނެތްކަން ފާހަގަ ކުރައްވާ މިނިސްޓަރު އިހުސާން ވަނީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސް ދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

1 ގަޑިއިރު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

4 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

5 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

15 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

15 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

17 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

18 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

19 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

19 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

19 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

23 ގަޑިއިރު ކުރިން
team

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy