ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން: ފޮޓޯ/ ހޯމް މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މައި ކެރިއާ ޕޯޓަލް އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރުގައި އިތުރު ވަޒީފާތައް އުފައްދާ ވަޒީފާ ނެތް ފަރާތްތަކަށް ކެރިއާ ގައިޑެންސް އާއި ސްކިލްސް ޑިވްލޮޕްމަންޓްދީގެން ވަޒީފާގެ ބާޒާރަށް މީހުން ނެރުން ކަމަށެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއް ޕްލެޓްފޯމަކުން ވަޒީފާގެ ކަންކަން ބަލާލެވޭނެ ގޮތެއް ފާއިތުވި ދުވަސްތަކުގައި ފެންނަން ނެތްކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މަސައްކަތް ކުރައްވަނީ ލުއި ފަސޭހަކަމާއެކީ ހައްލު ގެނެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ. އެގޮތުން ނޭޝަނަލް ކެރިއާ ސާވިސް އިން މިއަދު ތައާރަފްވެގެން މިދާ މައި ކެރިއާ ޕޯޓަލްއަކީ މިދެންނެވި ހުރިހާ ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެން ދާނެ ޕޯޓަލެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަޒީފާދޭ އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކާއި އަދި ވަޒީފާ ހޯދަން އުޅޭ ފަރާތްތަކަށް އެއް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ގުޅުވާލެވޭނެ މަގެއް. ކެރިއާ ސާވިސް ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް އަދި ސީދާ އެކަމަށް ހާއްސަކުރެވިފައިވާ ފަރާތްތަކަށް ދޭ ކެރިއާ ގައިޑެންސް ލިބިގެންދާނެ ޕްލެޓްފޯމެއް މިއީ،" އިހުސާން ވިދާޅުވި އެވެ.

މައި ކެރިއާ ޕޯޓަލަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

11 މިނިޓު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

49 މިނިޓު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

3 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

4 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

14 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

14 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

16 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

18 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

18 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

19 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

22 ގަޑިއިރު ކުރިން
team

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy