ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށް ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ: ފޮޓޯ/ ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނިއުޒލެންޑް ހައިކޮމިޝަންގެ ކައުންސެލާ އަދި އިރެގިއުލާ މައިގްރޭޝަން ލިއޭޒަން އޮފިސަރު، ޑިޓެކްޓިވް އިންސްޕެކްޓަރު ސޯނިއާ ޑަގްލަސްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ނިއުޒިލެންޑާ ދެމެދު ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން މިހާރު ގާއިމުކުރެވިފައިވާ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. މީގެ ތެރޭގައި، ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށް ނިއުޒލެންޑް ފުލުހުންނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން، ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް ތަހުގީގު ކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

11 މިނިޓު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

48 މިނިޓު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

3 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

4 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

14 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

16 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

18 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

18 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

18 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

19 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

22 ގަޑިއިރު ކުރިން
team

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy