ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

ޝިމާދު ވާހަކަދައްކަވަނީ --- ފޮޓޯ/ އިކޮނަމިކް މިނިސްތްރީ

އިގްތިސާދަށް ހީނަރު އަސަރުތަކެއް ކުރި 4 ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެކަމަށާއި، އެންމެ ބޮޑު އަސަރެއް ރާއްޖޭގެ އިގްތިސާދަށްކުރީ މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުންކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ އިގުތިސާދާބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން “އިގްތިސާދުގެ ދެފަރާތް”ގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، އޭނާއަށް އެންމެ ފުރަތަމަ މަސައްކަތް ކުރެވުނީ 2008 ވަނަ އަހަރުގެ މާލީ ކްރައިސިސްގައިކަމަށެވެ، އޭރު އޭނާއަކީ ފިނޭންސް މިނިސްތްރީގެ ދަރަންޏާ ބެހޭ ޑިޕާޓްމެންޓްގެ ހެޑުކަމަށެވެ.

އޭގެ ފަހުން ކޮވިޑް-19 ގެ އާލަމީ ވަބާގައި ވެސް މަސައްކަތްކުރެވުނު ކަމަށާއި އަދި އޭގެ ފަހުން ކުރިމަތިވި ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ދިމާވި ކަރައިސިސްގައި ވެސް މަސައްކަތްކުރެވުނު ކަމަށް ޝިމާދު ވިދާޅުވިއެވެ.

އޭނާ ވިދާލުވީ އެ ހުރިހާ ކްރައިސިސްއަކަށް ވުރެ ބޮޑަށް މިހާރު މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އަސަރުކޮށްފިކަމަށެވެ.

އެހެްންނަމަވެސް އޭގެ ހާލަތްތަކާއި މިހާރުގެ ހާލަތު ވަރަށް ބޮަޑަށް ތަފާތުކަމަށް ޝިމާދު ވިދާޅުވިއެވެ. މި ހަނގުރާމަ އިއުލާނުކުރިތަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކްރައިސިސް ކޮމިޓީއެއް އުފައްދަވާ ފުރަތަމަ ފިޔަވަޅު އެޅުއްވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިމާދު ވިދާލުވީ ރާއްޖޭގެ ރައްޔިތުންނަށް މި ހައްސާސް އިގްތިސާދީ ދަތިތަކުގެ އަސަރު އެންމެ ބޮޑަށް ނުފޭރީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އެޅުއްވި ފިޔަވަޅުތަކުންކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ މި ހަނގުރާމަ ފެށުމުގެ ކުރިން އެސްތީއޯއިން ތެޔޮ ގެނައުމަށް ކުއްޔަށް އުޅަނދެއް ދެ ލައްކަ ޑޮލަރަށް ލިބޭކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ ފެށުމާއެކު އެ އަގު 9 ލައްކަ ޑޮލަރަށް އުފުލުނުކަމަށް ޝިމާދު ވިދާލުވިއެވެ.

އޭނާ ވިދާޅުވީ ތެލުގެ އަގު އުފުލި އެ ތެޔޮ ގެނައުމުގެ އަގު އުފުލުނު ނަމަވެސް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހުނު މިންވަރު ކުޑަކުރެވުނުކަމަށެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

11 މިނިޓު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

48 މިނިޓު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

3 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

4 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

14 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

14 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

18 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

18 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

18 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

19 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

22 ގަޑިއިރު ކުރިން
team

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy