ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

ސައީދު —- ފޮޓޯ/ އިކޮނަމޮކް މިނިސްޓްރީ

ބޭންކު އޮފް މޯލްޑިވްސްއިން ކޮންމެ ދުވަހަކު އޭޓީއެމްތައް މެދުވެރިކޮށް 1.2 މިލިއަން ޑޮލަރު ނަގާކަމަަށް އެ ކުންފުނީގެ ހެޑް އޮފް ބްރޭންޑިން އެންޑް މާކެޓިން ސްޓެރެޓެޖީ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނަމިކް މިނިސްޓްރީން ގެނެސްދިން އިގުތިސާދުގެ ދެ ފަރާތް ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބޭންކަށް ވިއްކާނީ އެ ބޭންކަށް ލިބޭ ޑޮލަރުގެ ނިސްބަތުންކަމަށެވެ.

އެ ބޭންކަށް ދުވާލަކު ޑޮލަރުން ޖަމާކުރަނީ އެންމެ 6 ލައްކަ ނުވަތަ 7 ލައްކަ ޑޮލަރުކަމަށް ވެސް ސައީދު ވިދާޅުވިއެވެ. ނަމަވެސް އެޓީއެމްތައް މެދުވެރިކޮށް 1.2 މިލިއަން ޑޮލަރު ނަގާކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން ބޭންކަށް ޑޮލަރު ޖަމާކުރާ ނިސްބަތަށްވުރެ ޑޮލަރު އޭޓީއެމްތަކުން ނަގާ މިންވަރު 2 ގުނައަށް އިތުރުވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭންކަށް ޑޮލަރު ލިބެނީ 2 ގޮތަކަށްކަމަށެވެ. އެއީ ކަސްޓަމަރުން ޖަމާކުރާ ޑޮލަރާއި އެހެނިހެން ގޮތް ގޮތުން ބޭންކަށް ވިއްކުމަށް ލިބޭ ޑޮލަރުކަމަށެވެ. ބޭންކަށް ވިއްކުމަށް ލިބޭ ޑޮލަރު ލިބޭ ގޮތްގޮތުގެ ތެރޭގައި ހިމެނެނީ އެމްއެމްއޭއިން ކަސްޓަމަރުންނަށް ވިއްކުމަށް ދޫކުރާ ޑޮލަރާއި، އެ ބޭންކަށް މާރުކުރާ ޑޮލަރުގެ އިތުރުން އެ ބޭންކު މެދުވެރިކޮށް އެކިތަންތަނަށް ފައިސާ ދެއްކުމަށް ހޭދަކުރާ ޑޮލަރުކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭންކަށް ޑެޕޮސިޓުކުރާ ފައިސާގެ ތެރެއިން 50 އިންސައްތައަށް ވުރެ ބޮޑު އިންސައްތައެއް ހުރީ ބީއެމްއެލްގައިކަމަށް ވީނަމަވެސް ޑެޕޮސިޓް ކުރާ ޑޮލަރު އެ ބޭންކަށް މާރުކުރުމުގެ ކުރިން އެ ބޭންކަށް އެ ޑޮލަރު ނުލިބޭކަމަށެވެ.

އިތުރަށް ސައީދު ވިދާޅުވީ ޑޮލަރުގެ ދަތިކަން ކުރިމަތިވުމުގައި މިހާރު ކުރާ ވިޔަފާރީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުން ވެސް ހިމެނޭކަމަށެވެ. ކުރިން ތަކެތި ގަތުމަށް ކަސްްޓަމަރުން ހޭދަކުރަންޖެހޭވަރަށް ވުރެ އިތުރަށް މިހާރު ހަރަދުކުރަންޖެހޭއިރު، އޭހާދަ ކުރަން ޖެހެނީ ޑޮލަރުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހިން އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަ މިންވަރު އިތުރުވުން ވެސް ހިމެނޭކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮވިޑުގެ ކުރިން އެ ބޭންކުގެ ކާޑު ބޭނުންކޮށްގެން ބޭރުން ތަކެތި ގަންނަމުން ދިޔައީ 90 ހާހަކަށް ކަސްޓަމަރުންކަމަށެވެ. އެހެންނަމަވެސް މިހާރު ބީއެމްއެލްގެ ރުފިޔާ ކާޑު ބޭނުންކޮށްގެން ޑޮލަރުގެ މުއާމަލާތްކުރާ 2 ލައްކައެއްހާ ކަސްޓަމަރުން އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ

ސައީދު ވިދާޅުވީ އެ ބޭންކުން ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް މަސައްކަތްކުރާކަމަށާއި، ވަރަށް އަވަހަށް އެކަންކަން ހައްލުކޮށް ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

10 މިނިޓު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

48 މިނިޓު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

3 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

4 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

14 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

14 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

16 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

18 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

18 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

19 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

22 ގަޑިއިރު ކުރިން
team

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy