ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވޭ "އަދާ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންސަވޭޝަން މެޝާސް" (އޯއީސީއެމް) ގެ ރަސްމީ ލަގަބު ނޫނު އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ އަށް ދީފި އެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ގުދުރަތީ ދިރުންތައް ނުވަތަ ބަޔޯޑައިވާސިޓީ ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ސޮނޭވާ ޖާނީ އަށް މި ޝަރަފު ލިބިގެންދިޔައީ، ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުން ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ދިރުންތައް އާލާކޮށް ރައްކާތެރި ކުރުމަށް އެ ރިސޯޓުން ކުރަމުންދާ ނަމޫނާ މަސައްކަތްތަކުގެ ސަބަބުންނެވެ.
މިނިސްޓްރީން ބުނިގޮތުގައި ސޮނޭވާ ޖާނީގެ މި ނަމޫނާ މަސައްކަތަކީ ރާއްޖޭގެ އެހެން ރަށްތަކާއި ރިސޯޓުތަކަށް ވެސް މިދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ އާ މަގަކަށް ވެގެންދާނެ އެވެ.
ކޮމެންޓް