އެމްއޭސީއެލްގެ ޓާމިނަލް ސާވިސް ޑިޕާޓްމެންޓް: ޓީމުގެ މަސައްކަތަށް ސާބަސް!

އެމްއޭސީއެލްގެ ޓާމިނަލް ސާވިސް ޑިޕާޓްމެންޓް: ޓީމުގެ މަސައްކަތަށް ސާބަސް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ދަތުރު ކުރަމުންދާއިރު، އެ އެއާޕޯޓުގެ އޮޕަރޭޝަން 24 ގަޑިއިރު ހުއްޓުމެއް ނެތި ވަރަށް އޮމާންކަމާއެކު ކުރިއަށް އެ ދަނީ އެތެރޭގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުންނެވެ.

އެގޮތުން ‏އެމްއޭސީއެލްގެ ޓާމިނަލް ސާވިސް ޑިޕާޓްމެންޓަކީ މުޅި އެއާޕޯޓުގެ ރައްކާތެރިކަން، އަދި ހިންގުމުގެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ޑިޕާޓްމެންޓެވެ.

މި ރިޕޯޓުގައި މި ބަލައިލަނީ ‏އެމްއޭސީއެލްގެ ޓާމިނަލް ސާވިސް ޑިޕާޓްމެންޓުގެ ކުރު ތައާރަފަކެށެވެ.

‏ސާވިސް ޑިޕާޓްމެންޓުގައި ހިމެނިފައި ވަނީ ހަތަރު ސެކްޝަނަކަށެވެ. އެއީ؛

1. ޓާމިނަލް އޮޕަރޭޝަންސް

2. ޓާމިނަލް ހައުސްކީޕިން

3. ޓާމިނަލް ފެސިލިޓީ

4. ޓާމިނަލް ސަޕޯޓް ސާވިސް

މި ސެކްޝަންތަކުގެ ތެރެއިން ‏ޓާމިނަލް ހައުސްކީޕިން‏ގައި މުޅިއެކު ދެ ޔުނިޓް ހިމެނެ އެވެ. އެއީ ޖެނެރަލް ޔުނިޓަކާއި ކޮމާޝަލް ޔުނިޓެވެ. ޖެނެރަލް ޔުނިޓުން ބަލަހައްޓާނީ ޓާމިނަލް 1 އަދި ޑޮމެސްޓިލް ޓާމިނަލްގެ ސާފުތާހިރުކަމެވެ. ކޮމާޝަލް ޔުނިޓުން މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ސީ ޕްލޭން ޓާމިނަލް އަދި ބައެއް ސްޓޭކް ހޯލްޑާސްގެ އޭރިޔާތަކެވެ.

މީގެ އިތުރުން ހެނދުނުގެ އޮޕަރޭޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ރޭގަނޑު ގަޑީގައި ބައެއް ޑީޕް ކްލީނިންތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި ޕީބީސީ އާއި ޕަބްލިކް އޭރިޔާ އާއި ފަސާޑު އަދި ބިއްލޫރި ސާފުކުރާނެ އެވެ. މީގެ އިތުރުން ރޫޓިން ކްލީނިންތަކެއް ކޮންމެ ދުވަހަކު ކުރިއަށްދާއިރު، ޓާމިނަލްގެ ހުރިހާ ފާހާނާތަކެއް ކޮންމެ 15 މިނެޓަކުން ރީފްރެޝް ކުރެވޭނެ އެވެ. މިކަންކަމުގެ އިތުރުން ސީ ޕްލޭން ޓާމިނަލްގެ ހުރިހާ ރިސޯޓް ލޯންޖު، އަދި ކޮންމެ ލޯންޖެއްގެ ވެސް ސާފުތާހިރުކަން ބަލަހައްޓާނީ ‏ޓާމިނަލް ހައުސްކީޕިން‏ ޓީމުގެ ފަރާތުންނެވެ.

ޓާމިނަލް ފެސިލިޓީ މެނޭޖުމެންޓުންގެ މައިގަނޑު ސްކޯޕެއްގެ ގޮތުގައި އޮންނަނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލްގެ ފެސިލިޓީ ބެލެހެއްޓުމެވެ.

މިގޮތުގެ މަތިން ކޮންމެ ދުވަހެއްގެ ފުލައިޓް މޫވްމެންޓް ފެށުމުގެ ކުރިން ޑެއިލީ ޗެކަޕެއް ހަދާނެ އެވެ. އަދި ޓާމިނަލްގެ އެއްވެސް މައްސަލައެއް އުޅޭ ނަމަ މި ޓީމުން ކަމާ ގުޅުން ހުރި ޓީމުތަކާ ގުޅިގެން އެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި ފެސިލީޓުގެ ދެން އޮންނަ ސްކޯޕަކީ ޓާމިނަލްގެ ހުރިހާ ސްޓޭކް ހޯލްޑާސްއާ ވާހަކަދައްކައިގެން އެފަރާތްތަކަށް ދިމާވާ ހުރިހާ ދަތިތަކަކަށް ހައްލު ހޯދައިދިނުމެވެ. މި ގޮތުން ސައިޓް ވިޒިޓް ހަދައި، އެ ވިޒިޓްގައި އެ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު ދޭންޖެހޭ ހުރިހާ ހިދުމަތެއް ދިނުމަކީ ‏ޓާމިނަލް ފެސިލިޓީ މެނޭޖުމެންޓުންގެ ‏މެއިން ސްކޯޕެވެ.

ކަސްޓަމާ ސާވިސްގެ މައިގަނޑު މަސައްކަތަކީ ޓާމިނަލްގެ އެކި ސަރަހައްދުގައި ހުންނަ އިންފޮމޭޝަން ކައުންޓަތުތައް ބެލެހެއްޓުމާއި އެ ކައުންޓަރުތަކަށް އަންނަ ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި  ޓާމިނަލް 1 ގެ ޗެކިން އޭރިއާގައި ހުންނަ އެ ސާވިސްގެ މެއިން ކައުންޓަރުގައި ކޯލްސެންޓަރެއް ހުރެ އެވެ. މި ކޯލް ސެންޓަރުގެ މަސައްކަތަކީ ފަސެންޖަރުންގެ ފޯން ކޯލް ތަކަށް ޖަވާބު ދީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމެވެ. މީގެ އިތުރުން ކޮންމެ ދުވަހެއްގެ އޮޕަރޭޝަން ފެށުމުގެ ކުރިން ރެޑިނަސް ޗެކްލިސްޓެއް ހަދަ އެވެ. މި ޗެކްލިސްޓުގައި ބަލައިލަނީ ދުވަހުގެ އޮޕަރޭޝަން މުޅި ޓާމިނަލް އޮތީ ތައްޔާރަށްތޯ އެވެ.

ޕޯޓަލް ސާވިސް އިން ދޭ ހިދުމަތްތަކަކީ ޕަސެންޖަރުން ޗެކިންއަށް ގެންނަ ޓްރޯލީތައް ނަގައިދިނުމާއި ބެގެޖް ސާވިސްގެ ހިދުމަތާއި ރެޕިސް ސާވިސް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއީ އެމްއޭސީއެލްގެ ޓާމިނަލް ޑިޕާޓްމެންޓުގެ ފަރާތުން ޓާމިނަލްގެ ތިން ސަރަހައްދެއްގައި ކުރަމުން އަންނަ ބައެއް މަސައްކަތްތެކެވެ. އެއީ ޓާމިނަލް 1، ޓާމިނަލް 2 އަދި "ނޫވިލު" ސީ ޕްލޭން ޓާމިނަލެވެ.

ރާއްޖޭގެ މައި ދޮރާށި އަދި ތަރައްގީގެ މައިބަދަ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތިޔަ ހިއްވަރުގަދަ މުވައްޒަފުންނަށް ކުރާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް ރައްދު ކުރަމެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy