އޮންލައިންކޮށް "ޖަންނަތު"ގެ ޓިކެޓު ވިކަން ފަށައިފި

ޑާކްރެއިންގެ އައު ފިލްމު "ޖަންނަތު" ގެ ޕޯސްޓަރެއް--

ފިލްމު އިންޑަސްޓްރީގައި ދިވެހިންގެ އެންމެ މަގުބޫލު އެއް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އިން މިއަހަރު ނެރޭ ފުރަތަމަ ފިލުމު “ޖަންނަތު” ގެ ޓިކެޓު އޮންލައިންކޮށް ވިކަން ފަށައިފިއެވެ.

ޑާކްރެއިން އިން ބުނީ ޓެކެޓު ބުކް ކުރުމަށްޓަކައި ޖެހެނީ 9911229 އަށް ވައިބާއިން މެދުވެރިކޮށް މެސެޖެއް ފޮނުވާށެވެ. އަދި އެ މެސެޖުގައި ފިލްމު ބަލަން ބޭނުންވާ ތާރީހާއި ބޭނުންވާ ސީޓުގެ އަދަދުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރެއް ޖަހަން ޖެހެއެވެ.

ޖަންނަތު އޮލިމްޕަސް ސިނަމާގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

އެ ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ޝަރަފު ޢަބްދުﷲ (ޝަރަފް)، އާމިނަތު ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަންޖީ އަދި ޓައިޓްލް ރޯލުން ފެނިގެންދާ މަހްރީން މުޙައްމަދު ޢަލީއެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ އަލްވަދާއު، އަދި އަލިފާން ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

އެ ފިލްމުގެ ސިނަމެޓޯގްރަފީ ހަދައިފަ ވަނީ ސިނަމެޓޯގްރަފީއަށް އިންގިލާބެއް ގެނުވި ބިބީ ފިލްމުގެ ސިނަމެޓޯގްރަފީ ހަދައިފައިވާ އަހުމަދު ޒިފާފު އެވެ.

ޖަންނަތުގެ ފުރަތަމަ ޓީޒާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އާންމުކޮށްފައެވެ. ފުރަތަމަ ޓީޒާއިން ފެންނަ ގޮތުގައި އެ ފިލްމުގެ ބަތޮލު ޝަރަފް ފެންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައެވެ. އަދި އެ ޓީޒާއިން ފެންނަ ގޮތުގައި މަގުމަތިން ހިނގައިފައި ދަމުން އޭނާގެ ދަރިފުޅާއެކު ހިތުން ނަވަތައިގެ ބޮޑެތި ނަންބަރުތައް ކިޔައެވެ.

މިލިއަނުން މަތީގެ އަދަދުތައް ހިތުން ދެބަފައިން ކިޔަމުން ދާތަން ޓީޒާއިން ފެންނައިރު ޝަރަފް އަކީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް ތޫނުފިލު މީހެއްކަން އެ ޓީޒާއިން ދައްކުވައިދެއެވެ.

މީގެ އިތުރުން ބައްޕަގެ ނުކުޅެދުންތެރިކަމާއެކު ވެސް ބައްޕަދެކެ ދަރިފުޅު ވާ ލޯބި އެ ޓީޒާއިން ދައްކުވައިދެއެވެ.

އެހެންކަމުން މި ފިލްމަކީ ތަފާތު ރީތި ފިލްމަކަށް ވާނެކަމަށް ގިނަ ބެލުންތެރިން ލަފާކުރެއެވެ. އަދި ގިނަ ބަޔަކު ތިބީ އެ ފިލުމު ބެލުމަށް ކެތްމަދުވެފައެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

1 ގަޑިއިރު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

1 ގަޑިއިރު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

4 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

5 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

15 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

15 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

17 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

19 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

19 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

19 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

20 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy