އަމްޖޭގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓިކެޓް ވިކަން ފަށައިފި

ގިލަން ފިލްމުގެ ތެރެއިން --- ފޮޓޯ / ގިލަން

މިމަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓިކެޓް މިއަދުން ފެށިގެން ބެލުންތެރިންނަށް ވިއްކަން ފަށައިފިއެވެ

ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އަދި އޮލިމްޕަސް ކައުންޓަރުން ޓިކެޓް ލިބޭނެ އިންތިޒާމް މާދަމާއިން ފެށިގެން ހަމަޖެހިގެން ދާއިރު، އަދި ފިލްމުގެ ޓިކެޓް ހޮޓްލައިން ނަންބަރަކީ 7743399 ކަމަށް ގިލަން ފިލްމުން މައުލޫމާތުދެއެވެ.

މި މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓްރެއިލާ ނިމިދިޔަ ހަފްތާގައިވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ފިލްމެކެވެ. ‘ގިލަން’ މާލެ އާއި ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ކުރަމުންދަނީ އައިލެންޑް ސިނަމާއިންނެވެ.

ގިލަން’ ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދާއިި، އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާ ވެސް ހިމެނެއެވެ.

ޑައިރެކްޓަރު އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ވަނަ އަހަރު ރިލީޒްކުރި ‘އުދަބާނި 2’ އެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

1 ގަޑިއިރު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

1 ގަޑިއިރު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

4 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

5 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

15 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

15 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

17 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

19 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

19 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

19 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

20 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy