ރާއްޖޭގަ ދިރިއުޅޭ ބައެއް ބިދޭސީން
ބިދޭސީން ލައްވާ މަސައްކަތް ކުރުވާ އެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުސާރަ ނުދީ ހިފަހައްތާ މީހުން ޖޫރިމަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ބިދޭސީންނާއި މެދު އިހުމާލުވާ ފަރާތްތަކުން ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފައެވެ. މި ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ބިދޭސީންނާ މެދު ވެވޭ އިހުމާލެއްގެ ގޮތުގައި ބަލާ ކަންކަމުގެ ތެރޭގައި ހަތަރު ކަމެއް އެ ބިލުގައި ހިމަނާފައި ވެ އެވެ. އެއީ؛
1. ޤަވާއިދުން މުސާރަ ނުދިނުން.
2. ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުން.
3. ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުން.
4. ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުން.
ބިދޭސީން ރާއްޖެ ގެނެސް އެފަރާތްތަކާއި މެދު އިޙުމާލުވާ ފަރާތްތަކުން ގެ ލިސްޓު އާންމު ކުރަން ވެސް ވަނީ ނިންމާފައި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް