ނަހުލާގެ "މަޖުނޫނު" އަކީ ޝާރިފް، ޝޫޓިން ބާރަށް ކުރިއަށް

މަޖުނޫންގެ ޕޯސްޓަރެއް -- ފޮޓޯ/ ނަހުލާ

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ މިއަހަރު ނެރޭ ފުރަތަމަ ދިވެހި ފިލްމު "މަޖުނޫނު"އިން ފެންނާނެ ތަރިން އިއުލާނުކޮށްފިއެވެ.

ނަހުލާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އެ ފިލްމުގެ ބަތޮލެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނީ ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަހްމަދު ޝާރިފްއެވެ.

މީގެއިތުރުން އެ ފިލްމުގެ ބަތޮލާގެ ގޮތުގައި ފެންނާނީ މިހާރު ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓްރެސް މަރިޔަމް ޝިފާއެވެ.

ނަހުލާ ބުނިގޮތުގައި އެ ފިލްމުގެ ކާސްޓުން ހޮވަން ވަރަށް ބޮޑަށް އުނދަގޫވިއެވެ. އެ ފިލްމުގެ ބަތޮލަކަށް ޝާރިފް ހިޔާރުކޮށް އެ ފިލްމުގެ ސިފަވަންތަކަން ގެނައުމަށް ޝާރިފްގެ ސިފައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ވެސް ނަހުލާ ބުންޏެވެ.

މީގެ އިތުރުން ނަހުލާ ބުނީ ޝާރިފްއާއި ޝިފާގެ އިތުރުން އެ ފިލްމުގައި މަޝްހޫރު ގިނަ ތަރިން ތަކެއް އެ ފިލްމުން ފެންނާނެކަމަށެވެ.

އެ ފިލްމު ޝޫޓު ކުރުމުގެ މަސައްކަތް މިިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އެ ފިލްމު ސިނަމާގައި އަޅުވާނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުކަމަށެވެ.

އެ ފިލްމުގައި ނަހުލާގެ ދެ ދަރިންކަމުގައިވާ ލާލި އާ އެވްލީ ފެންނާނެ އެވެ. އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ދިވެހި ފިލްމު "ސޮރީ" ގައި ވެސް އެ ދެ ކުދިންގެ ހުނަރާއި ކުޅަދާނަކަން ފެނިފައިވެ އެވެ.

މަޖުނޫނު ފިލްމަކީ ލޯބީގައި ޖެހި ދުނިޔެއިން މޮޔަވެ، ދީވާނާ ވެފައިވާ މީހެއްގެ ހާދިސާ ދައްކުވައިދޭ ވާހަކެއްގެ މައްޗަށް ގެނެސްދޭ ފިލްމެކެވެ.

މަޖޫނޫނަކީ ވެސް ނަހުލާގެ އެހެން ފިލްމުތެކެކޭ އެއްގޮތަށް ތަފާތު މޮޅު އަދި އިބުރަތްތެރި ބަލާހިތްވާ ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

1 ގަޑިއިރު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

1 ގަޑިއިރު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

4 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

5 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

15 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

15 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

17 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

19 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

19 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

19 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

20 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy