ހައްޖާޖީން ތިބޭ ހޮޓަލުގެ އާބާތުރަ ފިލުވައިފި، ހީވާނީ އާ ގެއެއްގައި ދިރިއުޅެވޭހެން

ދިވެހި ހައްޖާޖީން ތިބޭ ހޮޓަލުގެ ކޮޓަރިއެއް މުޅިން އާ ކޮށްފައި: ފޮޓޯ/ ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތި ކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ދަށުން މައްކާ ހޮޓަލުގެ އާބާތުރަ ފިލުވައިފި އެވެ.

އެގޮތުން މައްކާ ހޮޓެލުގެ ހުރިހާ ކޮޓަރިތަކެއްގެ ކާޕެޓު ބަދަލުކޮށް، މޭޒާއި އެނދު ބަދަލުކޮށް، ފާހާނާތަކުގެ ޓައިލްސް ބަދަލުކުރުން ފަދަ ކަންކަން ވަނީ ކޮށްފަ އެވެ. ޖުމުލަ 355 ކޮޓަރީގެ ހޮޓަލުގެ ހުރިހާ ކޮޓަރިއަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ނިމިދިޔަ ރޯދަ މަހު އުމްރާއަށްފަހު މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ ހޮޓަލުގެ ވެރިފަރާތަށް ދަންނަވައިގެން މި ބަދަލުތައް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފަ އެވެ.

މީގެ އިތުރުން ހޮޓަލުގެ ލޮބީ އޭރިއާ އަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ހާޖީން މަޑުކޮށްލައިގެން ތިބުމަށް ސޯފާތައް ވަނީ އައުކޮށްފަ އެވެ. އަދި ހާޖީންނަށް ދީނީ އަދި އެނޫން ވެސް އިރުޝާދުތައް ދިނުމަށް ކޮންފަރެންސް ހޯލެއް ވެސް މިހާރު ވަނީ ހޮޓަލުގައި ގާއިމު ކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ މި އަހަރު ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭނެ އަހަރަކަށް ކަމަށެވެ.

ރާއްޖެއިން ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ.

ކޮމެންޓް

team

މިއަހަރުވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ލުއިފަސޭހަކަން

27 މިނިޓު ކުރިން
team

މިލަންދޫއަށް ދެ ކޮތަޅުގެ ޑުރަގު އެތެރެކުރި ޑީލަރަކު ހައްޔަކޮށްފި

1 ގަޑިއިރު ކުރިން
team

މުނިފޫހިފިލުވަން އަތަށް ދޭ ވަސީލަތްތަކުން ކުދިންނަށް އިއާދަ ނުކުރުވޭ ނުރައްކާ ކުރިމަތިވޭ: ރައީސް

3 ގަޑިއިރު ކުރިން
team

ހިތުގައި އެންމެ ފަހުރުވެރި މަގާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް: ރައީސް

16 ގަޑިއިރު ކުރިން
team

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން 6 މަސް ތެރޭ ޑީޕޯޓު ކުރަނީ

18 ގަޑިއިރު ކުރިން
team

ޕީއެންއެފް މުޒާހަރާތަކުގެ އަޑު ކަނޑުވާލަން ޕީއެންސީން މަސައްކަތް ކޮށްފާނެތަ؟

1 ދުވަސް ކުރިން
team

ހުއިފިލަނޑާ އެކްސްޕޯޓުގެ ދަތިތަކަށް ހައްލު ހޯދަން މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

ކުރީގެ މެންބަރު ރާމިޒު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ހައްޖާޖީންނަށް ފަސޭހަ ކުރަން މިއަހަރު މުޅިން އަލަށް ހަތަރު ބަގީ ބޭނުން ކުރާނެ

1 ދުވަސް ކުރިން
team

ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް ކުޑަ: އެޗުޕީއޭ

1 ދުވަސް ކުރިން
team

މިއީ އުއްމީދު އާކޮށް އާ ހިތްވަރެއް ލާފައި ނުކުންނަންވީ ވަގުތު: އަދުރޭ

1 ދުވަސް ކުރިން
team

މަސްވެރި ސިނާއަތުން އިގުތިސާދީ ނަފާ އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ: ޝިޔާމް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy