ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާ ކުރިއަށް ގެންދިޔައީ ފިޝަރީފް މިނިސްޓަރު އަހުމަދު ޝިޔާމާއި މިނިސްޓްރީގެ އިސް ބޭފުޅުން، ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. ބައްދަލުވުމުގައި ހުއިފިލަނޑާގެ މަސްވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ވިޔަފާރީގެ މުއާމަލާތްތަކުގައި ހުރި ދަތިތައް ހައްލުކޮށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހި ކުރުމަށާއި، ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތައް ހަރުދަނާކަމާ އެކު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
މި ކަންކަމުގެ އިތުރުން އެ ސިނާއަތަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާ ގުޅޭ ގޮތުންނާއި، ބައިނަލްއަގުވާމީ 'ސައިޓީސް' މުއާހަދާ ތަންފީޒު ކުރުމުގައި މަސްވެރިކަމާއި ހުރި ގުޅުން އަދި އަމަލު ކުރެވިދާނެ ހަމަތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓް