މިއީ އުއްމީދު އާކޮށް އާ ހިތްވަރެއް ލާފައި ނުކުންނަންވީ ވަގުތު: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ ޕީއެންސީ

މިއީ ޕީއެންސީގެ މެންބަރުންނާއި ސަޕޯޓަރުން މާސްޔޫސް ވާންވީ ވަގުތެއް ނޫން ކަމަށާއި މިއީ އުއްމީދު އާކޮށް ހިތްވަރާ އެކު ނުކުންނަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.  

އަދުރޭ މި ގޮތަށް ވިދާޅުވީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫން ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި އަދުރޭ ވިދާޅުވީ މިއީ މަގުތައް މަތިންނާއި ކަންކަން މަތިން ދައްކާ ވާހަކައަށް ހެއްލެންވީ ވަގުތެއް ނޫން ކަމަށާއި އެ ވާހަކަތަކަށް ރައްދު ދޭނީ އަމަލާ ބަހުން ނަތީޖާ ނެރެގެން ކަމަށެވެ.

މަޖިލީހުގެ ރައީސް އަދުރޭ ވިދާޅުވީ 2028 ކާމިޔާކު ކުރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަރު ބަންނަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ކުރަންވީ ކަމަކީ 2028 ރައީސް ޑރ. މުއިއްޒަށް، ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް ޓަކައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ޕީއެންސީ ފިކުރުގެ އެންމެން މި ކަމުގައި ކަމަރު ބަންނަންވީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕީއެންސީގެ ފިކުރަނީ ގައުމީ ފިކުރެވެ. ތަރައްގީއާ އެއްބައިވަންތަކަމާއި ސުލްހަމަސްލަހަތުގެ ފިކުރެވެ.

"އަޅުގަނޑުމެންނަކީ 'ވޯޓުން' ބަލިވީމަ 'ކޯޓުން' ނަތީޖާ ނެރޭ ބައެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، ރައްޔިތުންގެ ވިންދާއި ރޫހާ އެއްގޮތަށް ކުރިއަށް އޮތް ތަން ރާވަން އެނގޭ، ރާވަން ކެރޭ އަދި އެ ހިތްވަރު ހުރި ފިކުރެއްގެ ތެރެއިން އައިސް ތިބި ބައެއް ކަމަށެވެ.

ކޮމެންޓް

team

މިއަހަރުވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ލުއިފަސޭހަކަން

27 މިނިޓު ކުރިން
team

މިލަންދޫއަށް ދެ ކޮތަޅުގެ ޑުރަގު އެތެރެކުރި ޑީލަރަކު ހައްޔަކޮށްފި

1 ގަޑިއިރު ކުރިން
team

މުނިފޫހިފިލުވަން އަތަށް ދޭ ވަސީލަތްތަކުން ކުދިންނަށް އިއާދަ ނުކުރުވޭ ނުރައްކާ ކުރިމަތިވޭ: ރައީސް

3 ގަޑިއިރު ކުރިން
team

ހިތުގައި އެންމެ ފަހުރުވެރި މަގާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް: ރައީސް

16 ގަޑިއިރު ކުރިން
team

ހައްޖާޖީން ތިބޭ ހޮޓަލުގެ އާބާތުރަ ފިލުވައިފި، ހީވާނީ އާ ގެއެއްގައި ދިރިއުޅެވޭހެން

16 ގަޑިއިރު ކުރިން
team

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން 6 މަސް ތެރޭ ޑީޕޯޓު ކުރަނީ

18 ގަޑިއިރު ކުރިން
team

ޕީއެންއެފް މުޒާހަރާތަކުގެ އަޑު ކަނޑުވާލަން ޕީއެންސީން މަސައްކަތް ކޮށްފާނެތަ؟

1 ދުވަސް ކުރިން
team

ހުއިފިލަނޑާ އެކްސްޕޯޓުގެ ދަތިތަކަށް ހައްލު ހޯދަން މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

ކުރީގެ މެންބަރު ރާމިޒު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ހައްޖާޖީންނަށް ފަސޭހަ ކުރަން މިއަހަރު މުޅިން އަލަށް ހަތަރު ބަގީ ބޭނުން ކުރާނެ

1 ދުވަސް ކުރިން
team

ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް ކުޑަ: އެޗުޕީއޭ

1 ދުވަސް ކުރިން
team

މަސްވެރި ސިނާއަތުން އިގުތިސާދީ ނަފާ އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ: ޝިޔާމް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy