ރާއްޖޭގެ ހައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ހިދުމަތްދޭ ސައުދީ ޕޯސްޓްގެ އެޖެންޓާއި ރާއްޖޭގެ ހައްޖު މިޝަނުން ބައްދަލުކުރައްވައިފި އެވެ. ސުބުލް އޮޓޯރިޓީއަކީ ސައުދީ ޕޯސްޓްގެ ދަށުން ހިންގާ އޮތޯރިޓީ އެކެވެ.
މި ބައްދަލުވުމުގައި ހައްޖު މިޝަން، ހައްޖު ކޯޕަރޭޝަން އަދި ހިދުމަތްދޭ ކުންފުނިން ބައިވެރިވެފައިވެ އެވެ.
އެއާޕޯޓާއި ހޮޓާލާއި ދެމެދު ލަގެޖުތައް އުފުލުމުގެ ހިދުމަތް ދޭނީ މި އެޖެންޓް މެދުވެރުކޮށެވެ.
ހައްޖު މިޝަނުން ބުނީ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ހާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ ކަމަށާއި ހާޖީންނާއި އެކުއެކީގައި ލަގެޖުތައް ހޮޓަލަށް ފޯރުކޮށްދިނުމަކީ އަމާޒު ކަމަށެވެ.
ހައްޖު މިޝަނުން ބުނި ގޮތުގައި މި ހިދުމަތުގެ ބޭނުމަކީ ލަގެޖް ނެގުމުގެ ކަންކަމުގައި ހާޖީން އަދި ކޯޕަރޭޝަނުން ވެސް އެކަމަށް ވަގުތު ހުސްކުރަން ނުޖެހި، ފަސޭހަކަމާއި އަވަސްކަމާއެކު އެޖެންޓެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ކޮމެންޓް