ހިޔަލައާއެކު މިފަހަރުގެ އީދަށް މަދަދާ

މަދަދާ__

ހިޔަލަ ޑާންސްގްރޫޕްގައި މިފަހަރު މަޝްހޫރު ޕްރެޒެންޓަރު ފާތިމަތު މަދަދާ ފެންނާނެކަމަށް އެ ގްރޫޕުން ބުނެފިއެވެ.

މަދަދާއަކީ ދިވެހިންގެ މަގުބޫލުކަން ހޯދައިފައިވާ ޕްރެޒެންޓަރެކެވެ. އޭނާ ވަނީ ސަންގުގައި ގިނަ ޕްރޮގްރާމްތަކެއް ހުށަހަޅާފައެވެ. މަދަދާ އެ ގްރޫޕުން ފެންނާނީ އީދު ޝޯތަކުގެ ހޯސްޓެއްގެ ގޮތުގައެވެ.

ހިޔަލަ ގްރޫޕަކީ އަންހެން ކަނބަލުންތަކެއްގެ މައްޗަށް އެކުލެވޭ ޑާންސް ގްރޫޕެކެވެ. ސަގާފީ ނެށުންތަކާއި އަދި ޒަމާނީ ނެށުމަށް ހާއްސަ އެ ގްރޫޕު އޮތީ މިއަންނަ އަޟްހާ އީދުގެ ޝެޑިއުލް މުޅިންހެން ފުލްވެފައެވެ.

ހިޔަލައަކީ ކޮންމެ އީދެއްގެ ފަޅު ފިލުވުމަށް ތަފާތު އީދު ލަވަތަކެއް ނެރޭ ގްރޫޕަކެވެ. އެ ގްރޫޕުން ވަނީ މިއަހަރު އަޟްހާ އީދަށް ވެސް ތަފާތު ލަވައެއް ނެރޭކަމުގެ އުފާވެރި ހަބަރު ވެސް ދީފައެވެ. އެ ގްރޫޕުގެ ފޭސްބުކް ޕޭޖަށް ދޫކޮށްލައިފައިވާ ޕޯސްޓަރުގައި ބުނެފައިވަނީ ރަންކުލައެއް ވިދުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ހިޔަލައިން ބުނީ އެ ގްރޫޕުން ކޮންމެ އީދެއްގައި ވެސް ނެރޭ އީދު ލަވައިން ދައްކުވައިދޭން ބޭނުންވަނީ 1900 ގެ އަހަރުތަކުގެ އީދުގެ ހަނދާންތައްކަމަށެވެ. މިއަހަރުގެ އަޟްހާ އިދު ލަވައިން ވެސް ދައްކުވައިދޭނީ އެފަދަ ހަނދާނެއްކަމަށް ވެސް އެ ގްރޫޕުން ބުނެއެވެ.

މަދަދާއާއެކު ހިޔަލައިން އީދަށް ތައްޔާރުވަމުން އަންނައިރު އެ ގްރޫޕުގައި ތަފާތު މޮޅު ނެށުންތެރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ނެށުންތެރިޔާ މަރިޔަމް ޝިފާ ވެސް ހިމެނެއެވެ.

ހިޔަލަ ޑާންސް ގްރޫޕަކީ ބޮޑު ތަރުހީބެއް ހޯދައިފައިވާ ގްރޫޕެކެވެ. އެ ގްރޫޕަކީ އީދު ޝޯ ދިނުމުގެ އިތުރުން ރިސޯޓުތަކުގައި ވެސް ޝޯ ދޭ ގްރޫޕެކެވެ. އަދި ތަފާތު އެހެނިހެން ހަފުލާތަކާއި ޝޯތަކުގައި ވެސް ހިޔަލައިން ދަނީ ފަރި ހަރަކާތްތައް ދައްކުވައިދެމުންނެވެ.

ހިޔަލަ ޑާންސް ގްރޫޕްގެ ފަރި ހަރަކާތެއް ދައްކުވައިދޭން ބޭނުންނަ އެ ގްރޫޕް ބުކް ކުރުމަށް 7537525 އަށް ގުޅުމަށް އެ ގްރޫޕުން އެދެއެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

1 ގަޑިއިރު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

1 ގަޑިއިރު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

4 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

5 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

15 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

15 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

17 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

19 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

19 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

19 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

20 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy