މޯލްޑިވްސް ޒަކާތު ހައުސުން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދިޔަ ޒަކާތު ކުއިޒުގެ ނަސީބުވެރިޔާ މިއަދު އިއުލާނުކޮށްފި އެވެ.
ޒަކާތު ހައުސުން ބުނީ މި ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެގޮތުން 5،000އަށް ވުރެ ގިނަ މީހުން އެ ކުއިޒުގައި ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން ކުއިޒު ނިމުނު އިރު، ހުށަހެޅި ހުރިހައި ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދިން 126 ބައިވެރީން ވަނީ ފައިނަލް ގުރުއަތަށް ހޮވިފަ އެވެ.
މި އަހަރުގެ ނަސީބުވެރި ފަރާތަކަށް ހޮވިގެން އުމްރާ ދަތުރު ލިބިފައިވަނީ އދ. މަހިބަދޫ އަތަމާގެ، ފާތިމަތު މައާލް އަހުމަދުއަށެވެ.
ޒަކާތު ހައުސުން ބުނީ މައާލްއަށް އަންނަ ހަފުތާގައި އިނާމު ހަވާލު ކުރާނެ ކަމަށެވެ.
ކޮމެންޓް