ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ސައުދު

ތިނަދޫ ސިޓީގެ މޭޔަރު ސައުދު، މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކުރެއްވުން: ފޮޓޯ/ މިނިސްޓްރީ

ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްގީ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ސައުދު މި ގޮތަށް ވިދާޅުވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާ މިއަދު ހެނދުނު ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ސައުދު ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ ތަރައްގީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދޭނެ ކަމަށެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާ ކަމަށް ސައުދު ވިދާޅުވި އެވެ.

"ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން މިނިސްޓާ އާދަމް ޝަރީފު އުމަރަށް އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވަން،'' ސައުދު ވިދާޅުވި އެވެ.

މޭޔަރު ސައުދު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ވަނީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް

team

ކަރުނާޓަކާ ފިލްމު ފެސްޓިވަލްގެ ކާމިޔާބީ ބުރާސްފަތި ދުވަހުގެ ރޭ ފާހަގަ ކުރަނީ

5 ގަޑިއިރު ކުރިން
team

ޒަކާތު ކުއިޒުގެ ނަސީބުވެރިޔާ ހޮވައިފި، އުމްރާ ދަތުރު ލިބުނީ މައާލްއަށް

6 ގަޑިއިރު ކުރިން
team

މިއަހަރުގެ ހައްޖުގެ ހުރިހާ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި: ޝަކީލް

6 ގަޑިއިރު ކުރިން
team

އެމްޑީޕީގެ ކޯޅުން ބޮޑުވެ، ގަފޫރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

10 ގަޑިއިރު ކުރިން
team

ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

1 ދުވަސް ކުރިން
team

މާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް

1 ދުވަސް ކުރިން
team

ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

1 ދުވަސް ކުރިން
team

ހޭނެތިފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ތަފާތު ވާހަކަތަކެއް!

2 ދުވަސް ކުރިން
team

ރައީސް، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފި

2 ދުވަސް ކުރިން
team

ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

2 ދުވަސް ކުރިން
team

ޕީޓްރަލް އަހުމަދުބެ ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން
team

މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy