އެމްޑީޕީގެ ކޯޅުން ބޮޑުވެ، ގަފޫރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

އެމްޑީޕީގެ ޗެއާ ޕާސަން އަބްދުލްގަފޫރު މޫސާ: ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގައި ސިޔާސީ ކޯޅުން ބޮޑުވެ، ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަށައިފި އެވެ.

ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ 55 މެންބަރުންގެ ސޮޔާ އެކު ގައުމީ މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް ނަޝީދުއާ ފައްޔާޒު އިސްމާއީލްގެ ފެކްޝަނުންނެވެ.

އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަންގެ މަގާމުން ގަފޫރު ވަކިކުރުގެ މަސައްކަތް ފެށީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާ ޕާސަން ފައްޔާޒަށް ނުދޭން ނިންމުމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީގެ ތާޒާކަން ނުކެނޑި އުޅެނިކޮށް އެ ޕާޓީގެ މުހިންމު ބައެއް މަގާމުތަކުގައި ތިބި ފަރާތްތައް ކުއްލި ގޮތަކަށް އެ މަގާމުތަކުން ވަކި ކުރަން ފެށުމަކީ ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ކުއްލި ގޮތަށް ހޫނުވެ ދެބަސްވުން އުފެދެން ފެށި އެއް ސަބަބެވެ.

އިންތިހާބަށްފަހު އިއްޔެ ވަނީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް އާއި ޑެޕިއުޓީ ޗެއާ ޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އެ މަގާމުން ވަކިކޮށްފަ އެވެ. މި ދެބޭފުޅުން ވެސް ތިއްބެވީ ޗެއާ، ފައްޔާޒުގެ ފަޅީގަ އެވެ.

މިކަމާ ރުޅިގަދަވެގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެކަކު ވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވައި ގަފޫރަކަށްވެސް، އަދި އެހެން މީހަކަށް ޕާޓީގެ އާންމު މެންބަރުން މާޔޫސްކޮށް ރޫހު މަރާލުމަކީ ވަގުތުން ޗެއާ ޕާސަން އިންތިއުފާ ދޭންޖެހޭ ޒާތުގެ ކަމެއް ކަމަށެވެ.

"އިންތިހާބުން މޮޅުވުމާ އެކު ގަފޫރު މި އުޅުއްވަނީ މުއިއްޒު ހެދިގެން. ޕާޓީއަށް އަދި ލިބެނީ ތިޔަ ނިންމުންތަކުން އިތުރު  ގެއްލުން. އިތުރަށް ހަލާކުނުކޮށް އިސްތިއުފާ ދީ،" މޫކޭ ވިދާޅުވި އެވެ.

އިއްޔެ މަގާމުން ވަކިކުރި އިބުރޭ ވެސް ވިދާޅުވީ ގަފޫރު ހަމަ ރަނގަޅަށް މޮޔަވެއްޖެ ކަމަށެވެ.

ޗެއާ ޕާސަން ގަޕޯ، ދިފާއު ކުރައްވައި އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވަނީ ބައެއްގެ އަމިއްލަ އެދުން ހާސިލުކުރުމަށް ޓަކައި އެ ޕާޓީ މަގުމަތިވެފާ އޮއްވާ ސީޕީ ކަމާ ހަވާލުވެ މި ސަރުކާރު ކުޑަކަކުލަށް ތިރިކޮށް އިންތިހާބުން މި ބޮޑު ކާމިޔާބީ ޕާޓީއަށް ހޯދަދިން މީހާ މިއަދު ކަތިލަންވީތޯ ސުވާލު ކުރައްވާފަ އެވެ.

އެމްޑީޕީ ތެރޭގައި ދެކޮޅުވެރިކަން އުފެދުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ރައީސް ސޯލިހުގެ ސަރުކާގައި ވެސް އެމްޑީޕީ ބައިބައިވި އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ބޭއްވި ޕްރައިމަރީއަށްފަހު ޕާޓީ ދެބައިވެ، ރައީސް ނަޝީދުއާއި އެމަނިކުފާނުގެ ފެކްޝަންގެ 12 މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި އެވެ.

ކޮމެންޓް

team

ކަރުނާޓަކާ ފިލްމު ފެސްޓިވަލްގެ ކާމިޔާބީ ބުރާސްފަތި ދުވަހުގެ ރޭ ފާހަގަ ކުރަނީ

5 ގަޑިއިރު ކުރިން
team

ޒަކާތު ކުއިޒުގެ ނަސީބުވެރިޔާ ހޮވައިފި، އުމްރާ ދަތުރު ލިބުނީ މައާލްއަށް

6 ގަޑިއިރު ކުރިން
team

މިއަހަރުގެ ހައްޖުގެ ހުރިހާ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި: ޝަކީލް

6 ގަޑިއިރު ކުރިން
team

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ސައުދު

9 ގަޑިއިރު ކުރިން
team

ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

1 ދުވަސް ކުރިން
team

މާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް

1 ދުވަސް ކުރިން
team

ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

1 ދުވަސް ކުރިން
team

ހޭނެތިފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ތަފާތު ވާހަކަތަކެއް!

2 ދުވަސް ކުރިން
team

ރައީސް، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފި

2 ދުވަސް ކުރިން
team

ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

2 ދުވަސް ކުރިން
team

ޕީޓްރަލް އަހުމަދުބެ ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން
team

މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy