ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައިލައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަން ހާމަ ކުރެއްވީ ރައީސް ޑރ. މުއިއްޒު މުއިއްޒު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.
ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަދިނުމުގެ ގޮތުން އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދިނުމަކީ ރައީސްގެ ވައުދެކެވެ.
އެމަނިކުފާނު ވިދާޅުވީ މާޗު މަހުގެ 12 ވަނަ ދުވަހު ފެށި އެ މަޝްރޫއުގެ މަސައްކަތް މި މަހުގެ ހަތަރު ދުވަހު ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ 23 ދުވަހުގެ ތެރޭގައި 27 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއީ 882,693.00 ސީބީއެމް އެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބޭނުންކުރީ "ފިލީޕޯ ބްރޫނެލޭޝީ" އެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.
ކޮމެންޓް