މިއަހަރުގެ ހައްޖުގެ ހުރިހާ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް --

މިއަހަރުގެ ހައްޖު މޫސަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް ވިދާޅުވީ މިއަހަރުގެ ހައްޖުގެ ހުރިހާކަމެއް ފުރިހަކޮށްފައިވާ ކަމަށާއި އެގޮތުން ރާއްޖޭން މިއަހަރު ހައްޖަށްދާ 1000 ހައްޖުވެރިންގެ ވިސާ ވެސް މިހާރު އިޝޫކޮށް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން މައްކާގައި ދިވެހީން ތިބުމަށް ހަމަޖެހިފައިވާ ހޮޓާ އިތުރަށް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ އިމާރާތުގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ކުރަމުން އަންނަ ކަމަށް ޝަކީލް ވިދާޅުވި އެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ ދިވެހީންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޝަކީލް ވިދަޅުވި އެވެ.

ޝަކީލް ވިދާޅުވީ މިދިޔަ އަހަރުގެ ފީޑްބެކަށް ބެލުމަށްފަހު މި އަހަރުގެ ހައްޖުގެ ކަންކަން އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ މިދިޔަ އަހަރު ދިމާވި ފާހާނާގެ ދަތިކަމަށް ހައްލު ހޯދަދޭން ސައުދީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާކޮށް ފާހާނާގެ އަދަދު ހަތަރެއް ނުވަތަ ފަސްގުނަ އިތުކޮށްފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަމަށް ދާ ދިވެހީންނަށް ލުއިފަސޭހަ ގޮތްތައް ހޯދަދިނުމަށް ސައުދީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަ ކުރައްވަމުން ޝަކީލް ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހައްޖުގެ އިންތިޒާމުތަކަށް ބަލާއިރު ހައްޖު މިޝަނާއި އެޑްވާންސް ޓީމް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހައްޖުވެރިންގެ ފުރަތަމަ ފުލައިޓު އޮންނާނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.

މިއަހަރުގެ ފުލައިޓު ދަތުރުތައް ވެސް ބާއްވާނީ މޯލްޑިވިއަން އަދި ސައުދިއާއިންނެވެ. އަދި ހައްޖު ވެރިން މަދީނާއަށް ދިއުމަށް މިއަހަރު ވެސް ހައިސްޕީޑް ޓްރެއިން ބޭނުންކުރާއިރު ހައްޖުވެރީން އެނބުރި މާލެ އަންނާނީ މަދީ މަގުންނެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރަކީ ދިވެހި ހައްޖުވެރީންނަށް މިހާތަނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތްދެވޭ އަހަރަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

ކޮމެންޓް

team

ކަރުނާޓަކާ ފިލްމު ފެސްޓިވަލްގެ ކާމިޔާބީ ބުރާސްފަތި ދުވަހުގެ ރޭ ފާހަގަ ކުރަނީ

5 ގަޑިއިރު ކުރިން
team

ޒަކާތު ކުއިޒުގެ ނަސީބުވެރިޔާ ހޮވައިފި، އުމްރާ ދަތުރު ލިބުނީ މައާލްއަށް

6 ގަޑިއިރު ކުރިން
team

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ސައުދު

9 ގަޑިއިރު ކުރިން
team

އެމްޑީޕީގެ ކޯޅުން ބޮޑުވެ، ގަފޫރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

10 ގަޑިއިރު ކުރިން
team

ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

1 ދުވަސް ކުރިން
team

މާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް

1 ދުވަސް ކުރިން
team

ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

1 ދުވަސް ކުރިން
team

ހޭނެތިފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ތަފާތު ވާހަކަތަކެއް!

2 ދުވަސް ކުރިން
team

ރައީސް، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފި

2 ދުވަސް ކުރިން
team

ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

2 ދުވަސް ކުރިން
team

ޕީޓްރަލް އަހުމަދުބެ ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން
team

މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy