ވޯޓުލީ މަދު ބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒް

ފައްޔާޒް އިސްމާޢީލް

މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މާލެސިޓީ ކައުންސިލުގެ ތިން ގޮޑިއަކާއި ކުޅުދުއްފުށިީ ސިޓީ ކައުންސިލުގެ ގޮނޑިއެއްގެ އިތުރުން ބިލެތްދޫ ކައުންސިލުގެ ބައި އިލެކްޝަން ބާއްވާފައިވާއިރު، މި އިންތިހާބުތަކުންވެސް އެމްޑީޕީ ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއި އެވެ. މި ފަސް ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ޖުމްލަ 13،112 މީހުން ތިބިއިރު، ހަވީރު 16:00އާއި ހަމަޔަށް ވޯޓު ލާފައިވަނީ 3،582 މީހުންނެވެ. އެއީ 1647 އަންހެނުންނާއި 1881 ފިރިހެނުންނެވެ. އަދި ވޯޓު ނުލާ 9،584 ނުވަތަ 73.09 އިންސައްތަ މީހުން ތިއްބެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއިލް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ކައުންސިލް ބައިއިލެކްޝަންތަކުގައި ވާދަކުރި ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށް އޭނާ ވަަނީ ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy