އަފޫ ވާހަކަފުޅު ދެއްކެވީ ފެކްޓަަށް: ޓެރިފް ރޭޓްތައް ކަނޑައެޅީ މީގެ 12 އަހަރު ކުރިން!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ ޙާމިދު

ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ބޭނުން ކުރާ ޓެރިފް ރޭޓްތަކަކީ މީގެ 12 އަހަރު ކުރިން އެކުލަވާލާފައިވާ ޓެރިފް ރޭޓެއް ކަމަށާއި ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ޙާމިދު ވިދާޅުވެއްޖެއެވެ.

އަޅުގަނޑުމެން މި މައްސަލައަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަ ވަނީ މިއަދު އަޅުގަނޑުމެންނަށް ކަރަންޓްގެ ޚިދުމަތް މި ދޭ ކުންފުނިތަކުން ބޭނުންކުރާ ޓެރިފް ރޭޓަކީ މީގެ 12 އަހަރު ކުރިން އެކުލަވާލެވިފައިވާ ޓެރިފް ރޭޓުތަކެއް. އެގޮތުން އޭރުގައި އެވްރެޖް ހައުސް ހޯލްޑެއް މި ބޭނުން ކުރައްވަނީ 800 ޔުނިޓް އެވްރެޖްކޮށް. އެހެން ނަމަވެސް މިއަދު އެ އަދަދު މި ވަނީ 1500 އަށް އުފުލިގެން ގޮސްފައި - މިއަދުގެ ޖަލްސާގައި އަފޫ ވިދާޅުވިއެވެ.

މީގެ އިތުރުން އަފޫ ވިދާޅުވީ މާސިންގާ ވެރިކަމެއް ކޮށް ނިންމާލިއިރު ފެނަކަ އޮތީ 4.3 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށެވެ.

ކަރަންޓު ބިލުތައް ރައްޔިތުން ކަންބޮޑުވާ މިންވަރަށް ބޮޑުވަމުން ދާތީ ބިލުތަކަށް ވާ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަތެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގައި ބުނީ، ސަރުކާރުގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ދެމުންދާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަޔާ ސްޓެލްކޯގެ ފަރާތުން ދެމުން ގެންދާ ކަރަންޓު ބިލުތައް ފާއިތުވި މަސްތަކުގައި އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާތީ މިކަންކަން ބަލައި ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

8 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

8 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

9 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

11 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

13 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

14 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

16 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

16 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

18 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

18 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy