ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވުން: ފޮޓޯ/ އެމްއެންޑީއެފް

އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި، އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ އެވެ.

މި މަހުގެ 15 އިން 25 އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށް ގެންދާ އަސްކަރީ ހަރަކާތެކެވެ .

މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ގައުމަކުން ބައިވެރިވެފައިވެ އެވެ. މި ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ހިމެނެ އެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60 އަށް ވުރެ ގިނަ އަސްކަރީ މަތިންދާ ބޯޓު މި ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

މި ހަރަކާތުގައި ގައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރު ކުރައްވައި ފްލީޓް ބައްލަވައިލެއްވި އެވެ.

މި އަހަރުގެ މި އަސްކަރީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.

ފްލީޓް ރިވިއު ބައްލަވާލެއްވުމަށް ބްރިގޭޑިއާ ޖެނެރަލް ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފަ އެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ބައިނަލްއަގުވާމީ މި ފަދަ ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށާއި، ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

ކޮމެންޓް

team

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

10 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

19 ގަޑިއިރު ކުރިން
team

އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތް ކުރަން ޖެހޭ: ރައީސް

19 ގަޑިއިރު ކުރިން
team

"ޓާމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލު ކުރުމަކީ އިތުރުވި އައު ބޮޅެއް"

20 ގަޑިއިރު ކުރިން
team

ރޯދަ މަހު ހައްޖު ކޯޕަރޭޝަން ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

1 ދުވަސް ކުރިން
team

އެމްޑަބްލިޔުއެސްސީގެ ކައުންޓަރުތައް، ރޯދަ މަހު ހުޅުވާ ގަޑިތައް

1 ދުވަސް ކުރިން
team

މިސްކިތްތައް އޭސީ ކުރުމަށް ސްޓެލްކޯ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށްފި

1 ދުވަސް ކުރިން
team

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ

1 ދުވަސް ކުރިން
team

ކެންޑިޑޭޓުންގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުޅީގައި އައު އިންޖީނެއް ބަހައްޓާ ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއަށް

1 ދުވަސް ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން އުމްރާއަށް ދާ މީހުން ފުރަން ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy