މިސްކިތްތައް އޭސީ ކުރުމަށް ސްޓެލްކޯ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށްފި

މިސްކިތްތައް އޭސީ ކުރުމަށް ސްޓެލްކޯ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުން-- ފޮޓޯ/ ސްޓެލްކޯ

800 މީހުންގެ ޖާގައަށް ވުރެ އިތުރު މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ސްޓެލްކޯގެ ދައުރު ކާމިޔާބު ކަމާއެކު ނިންމުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ކުންފުނިން ހިތްވަރު ދީފި އެވެ.

ސްޓެލްކޯއިން ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ފެއްޓި ހާއްސަ މަޝްރޫއުގެ ދަށުން އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކުރި މަސައްކަތްތައް ކާމިޔާބުކަމާ އެކު ނިންމާލުމުގައި މުވައްޒަފުން ކުރި ބުރަ މަސައްކަތާއި ދެއްކި ހީވާގި ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުންފުންޏާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޑރ. އަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސްވެރިން އެ މުވައްޒަފުންނާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މުވައްޒަފުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އަޒުވަރު ވިދާޅުވީ މި މަސައްކަތަކީ ހަމައެކަނި ފަންނީ މަސައްކަތެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މުވައްޒަފުން މިކަން ފުރިހަމަ ކޮށްފައި ވަނީ މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ޓަކައި އަދާ ކުރެވޭ މުހިންމު ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

އަދި މި މަޝްރޫއު ނިމުމަކަށް އައުމާއެކު، ހޫނު ގަދަ މި ދުވަސްވަރު މިސްކިތްތަކުގައި އަޅުކަން ކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ފަސޭހައަކާ ހިތްހަމަޖެހުމެއް ލިބިގެންދާނެކަން ވެސް ޑރ. އަޒުވަރު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

10 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

19 ގަޑިއިރު ކުރިން
team

އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތް ކުރަން ޖެހޭ: ރައީސް

19 ގަޑިއިރު ކުރިން
team

ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

20 ގަޑިއިރު ކުރިން
team

"ޓާމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލު ކުރުމަކީ އިތުރުވި އައު ބޮޅެއް"

20 ގަޑިއިރު ކުރިން
team

ރޯދަ މަހު ހައްޖު ކޯޕަރޭޝަން ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

1 ދުވަސް ކުރިން
team

އެމްޑަބްލިޔުއެސްސީގެ ކައުންޓަރުތައް، ރޯދަ މަހު ހުޅުވާ ގަޑިތައް

1 ދުވަސް ކުރިން
team

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ

1 ދުވަސް ކުރިން
team

ކެންޑިޑޭޓުންގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުޅީގައި އައު އިންޖީނެއް ބަހައްޓާ ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއަށް

1 ދުވަސް ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން އުމްރާއަށް ދާ މީހުން ފުރަން ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy