ކެންޑިޑޭޓުންގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފި

ކެންޑިޑޭޓުންގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުން: ފޮޓޯ/ ޕީއެންސީ

މާލެ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން އެ ޕާޓީން މާލޭ ސަރައްދުގައި ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވަޑައިގެންފި އެވެ.

މާލެ ސަރަހައްދުގައި ރަސްމީކޮށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ޕީއެންސީން ފެށީ 22 ޖެނުވަރީގަ އެވެ.  

ޕީއެންސީން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު އެ ޕާޓީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން މިއަދު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ބައިވެވަޑައިގެން ރައީސް ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި މަގުމަތިން ގިނަ އަދަދެއްގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ.

ރައީސްގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ލޯކަން ކައުންސިލް އިންތިހާބާއި އަންހެނންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ކައުންސިލަށް 681 މީހުން، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވާނެ އެވެ.

ކޮމެންޓް

team

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

10 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

19 ގަޑިއިރު ކުރިން
team

އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތް ކުރަން ޖެހޭ: ރައީސް

19 ގަޑިއިރު ކުރިން
team

ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

20 ގަޑިއިރު ކުރިން
team

"ޓާމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލު ކުރުމަކީ އިތުރުވި އައު ބޮޅެއް"

20 ގަޑިއިރު ކުރިން
team

ރޯދަ މަހު ހައްޖު ކޯޕަރޭޝަން ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

1 ދުވަސް ކުރިން
team

އެމްޑަބްލިޔުއެސްސީގެ ކައުންޓަރުތައް، ރޯދަ މަހު ހުޅުވާ ގަޑިތައް

1 ދުވަސް ކުރިން
team

މިސްކިތްތައް އޭސީ ކުރުމަށް ސްޓެލްކޯ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށްފި

1 ދުވަސް ކުރިން
team

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުޅީގައި އައު އިންޖީނެއް ބަހައްޓާ ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއަށް

1 ދުވަސް ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން އުމްރާއަށް ދާ މީހުން ފުރަން ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy