ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން އުމްރާއަށް ދާ މީހުން ފުރަން ފަށައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން އުމްރާއަށް ދާ މީހުން: ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރުގެ މުޅި ރަމަޟާން އުމްރާއަށް ދާ އުމްރާވެރީން ފުރަން ފަށައިފި އެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން އުމްރާއަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ގުރޫޕުގައި އަންގާރަ ދުވަހު ފުރާފައި ވަނީ 225 އުމްރާވެރީންނެވެ. ދެ ވަނަ ގުރޫޕު، (ފަހު 15ގެ) ގުރޫޕު ފުރާނީ މާރިޗު އެއް ވަނަ ދުވަހު އެވެ.

ހައްޖު ކޯޕަރޭޝަނުން މި ދެ ވަރަކަށް އަހަރު ތެރޭ އަންނަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާނެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ހައްޖު މޫސުން ފިޔަވައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާ ކުރެވޭނެ "ކުރު އުމްރާ" ޕެކޭޖެއް، އެ ކުންފުނިން ވަނީ ދާދި ފަހުން ތައާރަފު ކޮށްފަ އެވެ.

މި ޕެކޭޖަކީ އަހަރު ތެރޭ ލިބޭ ކުރު ޗުއްޓީއެއް ނޫނީ، އެނޫން ދުވަސްވަރެއްގައި އާއިލާ އާ އެކީ ނުވަތަ ރަހުމަތްތެރިންނާ އެކީ ނުވަތަ އެކަނި އުމްރާ ކުރުމަށް ފަސޭހަ އިންތިޒާމުތަކާ އެކު އެ ކޯޕަރޭޝަނުން ތައާރަފު ކުރި ޕެކޭޖެކެވެ.

"ކުރު އުމްރާ" ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު ހައްޖު ކޯޕަރޭޝަންގެ 1435 އަދި 7961012 އާ ގުޅާލުމުން ލިބޭނެ އެވެ.

ކޮމެންޓް

team

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

11 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

20 ގަޑިއިރު ކުރިން
team

އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތް ކުރަން ޖެހޭ: ރައީސް

20 ގަޑިއިރު ކުރިން
team

ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

21 ގަޑިއިރު ކުރިން
team

"ޓާމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލު ކުރުމަކީ އިތުރުވި އައު ބޮޅެއް"

22 ގަޑިއިރު ކުރިން
team

ރޯދަ މަހު ހައްޖު ކޯޕަރޭޝަން ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

1 ދުވަސް ކުރިން
team

އެމްޑަބްލިޔުއެސްސީގެ ކައުންޓަރުތައް، ރޯދަ މަހު ހުޅުވާ ގަޑިތައް

1 ދުވަސް ކުރިން
team

މިސްކިތްތައް އޭސީ ކުރުމަށް ސްޓެލްކޯ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށްފި

1 ދުވަސް ކުރިން
team

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ

1 ދުވަސް ކުރިން
team

ކެންޑިޑޭޓުންގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުޅީގައި އައު އިންޖީނެއް ބަހައްޓާ ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއަށް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy