ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ

ގެވެށި އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއް-- ފޮޓޯ/ ސަން

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ށިކާރައަކަށްވާ މީހާ، އެ ފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ގާނޫނީ އަމުރަށެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފު ވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މި އަމުރު މެދުވެރިކޮށް، އަނިޔާ ކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގަ އެވެ.

މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތް ކޮށްދިނުމެވެ.

ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރި ކުރުމުގެ އަމުރު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެ ނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެކެވެ.

މި ފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށް ޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި މި ފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް

team

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

10 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

19 ގަޑިއިރު ކުރިން
team

އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތް ކުރަން ޖެހޭ: ރައީސް

19 ގަޑިއިރު ކުރިން
team

ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

20 ގަޑިއިރު ކުރިން
team

"ޓާމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލު ކުރުމަކީ އިތުރުވި އައު ބޮޅެއް"

20 ގަޑިއިރު ކުރިން
team

ރޯދަ މަހު ހައްޖު ކޯޕަރޭޝަން ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

1 ދުވަސް ކުރިން
team

އެމްޑަބްލިޔުއެސްސީގެ ކައުންޓަރުތައް، ރޯދަ މަހު ހުޅުވާ ގަޑިތައް

1 ދުވަސް ކުރިން
team

މިސްކިތްތައް އޭސީ ކުރުމަށް ސްޓެލްކޯ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށްފި

1 ދުވަސް ކުރިން
team

ކެންޑިޑޭޓުންގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުޅީގައި އައު އިންޖީނެއް ބަހައްޓާ ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއަށް

1 ދުވަސް ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން އުމްރާއަށް ދާ މީހުން ފުރަން ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy